logoEN
cocacola
ހަސީނާ ނިއު ދިއްލީއަށް ވަޑައިގަންނަވަނީ

ހަސީނާ ނިއު ދިއްލީއަށް ވަޑައިގަންނަވަނީ

އަހުމަދު ޝުރާއު

logo

8/5/2024, 11:55:28 AM

# ޝޭޚް ހަސީނާ

--

ގައުމު ދޫކުރައްވާ ފިއްލެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިންޑިއާގެ ވެރިރަށް ނިއު ދިއްލާއަށް ވަޑައިގެންނެވުމަށް ދަތުރުކުރައްވަމުން އަންނަ ކަމަށް އިންޑިއާގެ ނޫހަކުން ބުނެއެވެ.

ގޮސިޔާ

އިންޑީއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭއިން ރިޕޯޓުކުރާގޮތުގައި މީގެ ގަޑިތަކެއް ކުރިން އިސްތިއުފާ ދެއްވި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ގޮވައިގެން ދަތުރުކުރަމުން އަންނަ ހެލިކޮޕްޓަރު ކުޑައިރުކޮޅެއްގެ ތެރޭގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ޖައްސާނެ ކަމަށެވެ.

އަދި ދިއްލީއަކީ ހަސީނާ ހިމާޔާތް ހޯއްދަވާނެ ގައުމު ނޫންކަމަށާއި ދިއްލީއިން ހަސީނާ ވަޑައިގަންނަވާނީ ލަންޑަނަށް ކަމަށްވެސް އިންޑިއާ ޓުޑޭއިން ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑިއާ ޓުޑޭއިން މިފަދައިން ރިޕޯޓުކުރަމުން އަންނަ އިރު ހަސީނާ ގޮވައިގެން ދަތުރުކުރަމުން އަންނަ ހެލިކޮޕްޓަރު އިންޑިއާގެ އުތުރުގެ ސިޓީ އެއް ކަމަށްވާ އަގަރްތޯލްއަށް ޖައްސާފައިވާކަމަށް މީގެ ކުރިން ބައެއް ރިޕޯޓުތައް ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ