
ތިނަދޫގައި މުޒާހަރާކުރި ބަންގްލަދޭޭޝް ބަޔަކު ޑީޕޯޓުކުރާތީ އެޗްއާރްސީއެމުން ކަންބޮޑުވުން ފާޅުކޮށްފި
# ބަންގްލަދޭޝް - ރާއްޖެ# ތިނަދޫ ސިޓީ--
ތިނަދޫގައި މުޒާހަރާކުރި ބަންގްލަދޭޭޝް ބަޔަކު ޑީޕޯޓުކުރާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް, އެޗްއާރްސީއެމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބަންގްލަދޭޝްގައި ދާދި ފަހުން ހިނގާދިޔަ ހަމަނުޖެހުންތަކާއި އެކު އެގައުމުގެ ސަރުކާރާއި ދެކޮޅަށް ތިނަދޫ ސިޓީގައި ކުރިޔަށް ގެންދިޔަ މުޒާހަރާ އިންތިޒާމުކޮށް ރޭވި ފަރާތްތައް ހައްޔަރުކޮށް ޑިޕޯޓުކުރަން ނިންމާފައިވާކަން ހާމަކުރީ ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން އެވެ. މިނިސްޓަރ ވިދާޅުވީ ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި އެއީ ވިސާ ވައިލޭޝަނެއް ކަމަށެވެ. މިއާއި އެކު ތިނަދޫގައި ކުރި މުޒާހާރަގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަން ރޭވި މީހުން ހައްޔަރުކޮށް ޑީޕޯޓުކުރުމަށް ނިންމައި އެމަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އެޗްއާރްސީއެމުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގަކީ ރާއްޖޭގައި މަސައްކަތްކުރާ ބޭރު މަސައްކަތްތެރިން ފަރާތްތައް ހިމެނޭ ގޮތަށް ކޮންމެ މީހަކަށް ވެސް ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާ އޮން މަދަނީ އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ 21 ވަނަ މާއްދާގެ ދަށުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގެއް ކަމަށެވެ.
މިއާއި އެކު ތިނަދޫ ސިޓީގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމުގައި ބައިވެރިވި ބަންގްލަދޭޝްގެ މަސައްކަތްތެރިން އަނބުރާ ގައުމަށް ފޮނުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކުރުމާ ގުޅިގެން އެޗްއާރްސީއެމުން ދަނީ އެ މައްސަލަ ވަރަށް ގާތުން ބަލަމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައި އެވެ.
ތިނަދޫގައި މުޒާހަރާކުރި ބިދޭސީން ޑީޕޯޓުކުރަން ނިންމާފައިވާކަން ހާމަކުރުމާއި އެކު ޓްރާންސްޕޭރެންސީ މޯލްޑީވްސްއިންވެސް ވަނީ އިއްޔެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ތިނަދޫގައި ބަންގްލަދޭޝްގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެވެ. އެމުޒާހަރާގައި ތިނަދޫގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ބައެއް ވަނީ ބައިވެރިވެފައި އެވެ.
ގުޅުންހުރި

ބަންގްލަދޭޝް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ބީއެންޕީއިން ހޯދި ކާމިޔާބީ އަށް ރައީސް މަރުހަބާ ދަންނަވައިފި

ރައްޔިތުންގެ ޖީބަށް ލާރި ވަންނާނެ ގޮތް ހޯދާދޭންޖެހޭނީ ކައުންސިލުން، މޭޔަރަކަށް މި ނުކުތީ އެކަން ކުރަން - އަޖީބު
އިބްރާހިމް ޝަރީފް؛ ތިނަދޫ ފުޓްބޯޅައަށް ހިދުމަތް ކުރުމުގައި ވަރުބަލިކަމެއްނެތި ކުރިއަށް!

.gif&w=3840&q=75)



