
ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުން ދިޔަ ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފި
# ބަންގްލަދޭޝް - ރާއްޖެ--
ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުން ދިޔަ ދެ ދިވެހި ޑޮކްޓަރަކަށް ހަމަލާދީފި އެވެ.

މައުލޫމާތު ލިބޭގޮތުގައި ހަމަލާދީފައިވަނީ ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި މަސައްކަތްކުރާ ދިވެހި ދެ ޑޮކްޓަރަކަށެވެ. ޗިޓަގޮން މެޑިކަލް ކޮލެޖަކީ މެޑިސިން ދާއިރާއިން ކިޔަވާ ބައެއް ދަރިވަރުން އިންޓާންޝިޕް ފުރިހަމަކުރަމުން އަންނަ ދިވެހިން ދަރިވަރުންގެ މެދުގައި މަގްބޫލު ކޮލެޖެކެވެ.
މި ހާދިސާގައި ހަމަލާދީފައިވަނީ ރާއްޖޭގެ އަންހެން ދެ އިންޓާން ޑޮކްޓަރުންތަކަކަށެވެ.
މި ހާދިސާގެ މައުލުމާތު އެނގޭ ފަރާތަކުން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެ ދެ ޑޮކްޓަރުންނަށްވެސް ހަމަލާދީފައިވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވި މީހެއްގެ އާއިލާ ބައެއްކަމަށެވެ. އެގޮތުން އެމީހުން ދެ ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރުގެ ގައިގައި ޖަހާފައިވާ ކަމަށާއި އަނެއް ޑޮކްޓަރުގެ އަތުގައި ހިފައި ދަމައިގަނެން ގެންދަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގި ވަގުތަކީ އެހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެއްވެސް ބަޔަކު ނެތް ވަގުތެއް ކަމަށާއި އެމީހުންގެ ކިބައި ދެ ޑޮކްޓަރުންވެސް ސަލާމާތްކޮށްދިނީ އެހޮސްޕިޓަލުގެ އެހެން ޑޮކްޓަރުން ތަކެއް ކަމަށްވެސް ގާފު ނޫހަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައި އެވެ.
މި ހާދިސާއާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ދެ ޑޮކްޓަރުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ކަންކަން ހިނގަމުންދާ ގޮތް މިނިސްޓްރީން ދަނީ މޮނިޓާ ކުރަމުން ކަމަށާއި ދަރިވަރުންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ހައި ކޮމިޝަން މެދުވެރިކޮށް ހޮސްޕިޓަލުގައި މިހާރު އެދިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ބަންގްލަދޭޝް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ބީއެންޕީއިން ހޯދި ކާމިޔާބީ އަށް ރައީސް މަރުހަބާ ދަންނަވައިފި

ބަންގްލަދޭޝަންގައި ރާއްޖޭގެ މިނިވަން ދުވަސްފާހަގަކުރީ ކުލަގަދަކޮށް!

ސަފީރު ޝިއުނީން, ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރާއި ބައްދަލުކުރައްވައިފި

.gif&w=3840&q=75)



