
ގއ. އަތޮޅު ކައުންސިލުން އެއަތޮޅު ފެރީ ނިޒާމް ހަރުދަނާކުރުމަށް އެމްޓީސީސީއާއެކު މަޝްވަރާކޮށްފި
# ގއ.އަތޮޅު ކައުންސިލް# އެމްޓީސީސީ262528967_269006268584535_6698034633688521029_n
ގއ އަތޮޅު ކައުންސިލުން އެމްޓީސީސީ އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމަކީ ގއ. އަތޮޅު ކައުންސިލް މެމްބަރުން މިހާރު މާލެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މިއަދު ބޭއްވުނު ބައްދަލުވުމުގައި އަތޮޅު ކައުންސިލުން ވަނީ ގއ އަތޮޅު ފެރީގެ ހިދުމަތްތައް ރަނގަޅުކުރުމަށް އެމްޓީސީސީ އާއެކު މަޝްވަރާކޮށްފައެވެ. އަދި ގއ އަތޮޅުގައި އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ބެހޭގޮތުންވެސް އަތޮޅު ކައުންސިލުން ވަނީ އެމްޓީސީސީއާއެކު މަޝްވަރާކޮށްފައެވެ.
މިއަދުގެ ބައްދަލުވުމުގައި ގއ. އަތޮޅު ކައުންސިލް މެމްބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲވެސް ވަނީ ބައުވެރިވެވަޑައިގެންފައެވެ. އަދި އެމްޓީސީސީގެ ފަރާތުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު އެމްއެމްއޭ ބަލިކޮށް އެމްޓީސީސީ އިން ފެށުން ރަނގަޅުކޮށްފި

21 ޓީމާއިއެކު އިންޓަ އޮފީސް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 މިރޭ ފަށައިފި

ގުރައިދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި
