logoEN
PNC TOP 3
ތުލުސްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

ތުލުސްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

ޖަޒްލާ މުހައްމަދު

logo

3/19/2026, 11:46:49 AM

# އެމްޓީސީސީ# ތުލުސްދޫ

ތުލުސްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ

ކ. ތުލުސްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

PNC MID 2

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީީސީ) އާއިއެވެ.

އެމްޓީސީސީއިން ބުނީ މި މަސައްކަތް ފަށައިގެން މިހާރު ހޮސްޕިޓަލް އިމާރާތުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތްތަކާއި، އެކޮމޮޑޭޝަން ބްލޮކްގެ ފައުންޑޭޝަން ފުޓިންގް އެޅުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ތުލުސްދޫގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލް އިމާރާތުގެ އިތުރުން، 1729.10 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސާވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށްވެސްވަނީ ހަމަޖެހިފަ އެވެ.

މިމަޝްރޫއުގެ ދަށުން ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތައް ތަރައްޤީކުރުމަށް ހަަމަޖެހިފައިވެއެވެ. އަދި ލެބޯރެޓަރީއަކާއި އޮޕަރޭޝަން ތިއޭޓަރަކާއި ވިއްސާ ކޮޓަރިއަކާއި އެކްސްރޭ ކޮޓަރިއަކާއި އަލްޓްރާ ސައުންޑް ކޮޓަރިއަކާއި އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ މި އަހަރުގެ މާޗްގައި ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުއަށް ޖުމްލަ 101.71 މިލިޔަން ރުފިޔާ ހަރަދުވެ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC