ވޭމަންޑޫ ބިން ހިއްކުމުގެ ތެރެއިން
ތ.ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރައްވާފަ އެވެ.
މި މަޝްރޫއުއަކީ ރައީސް މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން، އެ ރަށުން 25 ހެކްޓަރުގެ ބިން، މަޝްރޫއު ނުހުއްޓި އަވަހަށް ހިއްކާ ނިންމަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފަ އެވެ.
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ގުޅުންހުރި
ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

އެއްވެސް ގައުމަކަށް ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން ފުރުސަތު ނުދެން، ދެންވެސް ނުދޭނަން!

.gif&w=3840&q=75)



