
ހޯރަފުށި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އަދި މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް!
# އެމްޓީސީސީ-
ހއ ހޯރަފުށި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އަދި މަގު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ މުހައްމަދު ޝާމިލްއެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ)ގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހަސަން ނައުފަލް ނާސިރުއެވެ.
ހއ. ހޯރަފުށީ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 44,114,274.40 ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އަދި އަދި ގޮނޑުދޮށް ހިމާޔާތްކުރުމާއި ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 199،693،198.80 ރުފިޔާއަށް 330 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ދަށުން 25.07 ހެކްޓަރ ބިން ހިއްކުމާއި 580 މ އެއްގަމު ތޮށި ޖެހުމުގެ އިތުރުން 270 މ ގްރޮއިން ޖެހުމާއި 1496 މ ގެ ބައޮސްވޭލް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
.gif&w=3840&q=75)




