logoEN
PNC TOP 3
ހެންވޭރު ފެރީ ޓާމިނަލް އިން ފެށިގެން ރަސްމީ ފާލަމާހަމައަށް މަގު ބަންދުކުރަނީ

ހެންވޭރު ފެރީ ޓާމިނަލް އިން ފެށިގެން ރަސްމީ ފާލަމާހަމައަށް މަގު ބަންދުކުރަނީ

# ބޮޑުތަކުރުފާނު މަގު މަޝްރޫއު# އެމްޓީސީސީ

--

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީޓާމިނަލް އިން ފެށިގެން އިއްޒުއްދީން ފާލަމާހަމައަށް މަގު ބަންދުކުރުމަށް ނިންމައިފި އެވެ.

PNC MID 2

މާލޭ އުތުރު ފަރާތު ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭގޮތަށް ،މާލޭ ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް މިހާރު ވަނީ ތާވަލްކޮށްފައެވެ. މި މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ބައި ބަޔަށް ބަހާލައިގެން ވަކިވަކި ސަރަހައްދުތައް ބަންދުކޮށްގެންނެވެ. އެގޮތުން ފުރަތަމަ ބައިގެގޮތުގައި ލޯކަލް މާރުކޭޓުން ފެށިގެން އިއްޒުއްދީނު ފާލަމާ ހަމައަށް ވަނީ ތާރުއަޅާ ތަރައްޤީކޮށް ނިންމައި ބޭނުންކުރަން ފަށާފައެވެ. މި މަޝްރޫއުގެ ނުނިމި އޮތް ބައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެކުއެކީގައި ކަމަށް އެމްޓީސީސިން ވަނީ ބުނެފައެވެ.

މި މަޝްރޫއގެ ދަށުން މަގުތައް އިތުރަށް ފުޅާކޮށް ބަނދަރުގެ އެއްގަމުތޮށިވެސް ތަރައްގީކުރާނެެއެވެ. މަގުގައި ޒަމާނީ ފެންވަރަށް ތާރުއަޅާ ތަރައްޤީ ކުރުމާއެކު، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މަގުގެ މަސައްކަތަށް އަންނަ ހޯމަ ދުވަހުން ފެށިގެން އެ ސަރަޙައްދު ބަންދު ކުރާއިރު، އެ ސަރަޙައްދުގެ ޓްރެފިކަން އަންނާނެ ބަދަލު ފުލުހުން އިއުލާނު ކުރާނެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC