
viber_image_2020-12-11_18-33-02
ގއ.ކޮލަމާފުށީ ގައި ފެނަކައިން އަލަށް އިމާރާތް ކުރާ ފެނަކަ އޮފީހުގެ ބިންގާ އަޅައިފިއެވެ.

މިއަދު ހަވީރު ކޮލަމާފުށީ ދެކުނު އަވަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިޔާތުގައި އެއިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަން ގެ މޭނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދާއި ގއ.ކޮލަމާފުށި ކައުންސިލްގެ ރައީސް އިބްރާހިމް އަލީމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގއ.ކޮލަމާފުށި ކައުންސިލްގެ ރައީސް އިބްރާހިމް އަލީމް ވިދާޅުވީ، މި އިމާރާތަކީ ކޮލަމާފުށީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ އިމާރާތެއްކަމަށާއި، މިއަދަކީ ކޮލަމާފުށީ ރައްޔިތުން ދެކެމުން އައި ހުވަފެނެއްގައި ކުލަ ޖެހުނު ދުވަހެއް ކަމަށެވެ.
މި އިމާރާތުގައި 40 މުވައްޒިފުންނަށް މަސައްކަތް ކުރެވޭނެ އޮފީހަކާއި މީޓިންގް ރޫމެއްގެ އިތުރުން ޓެރެސް އަދި ލޮބީ އޭރިއާއެއް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
މި ރަސްމިއްޔާތުގައި ފެނެކަ ކޮލަމާފުށި ބްރާންޗް ގެ މުވައްޒަފުން ތައްޔާރު ކުރި އައު އިމާރާތުގެ މޮޑެލް އެއް ވަނީ އަހުމަދު ސައީދު އަށް ހަދިޔާ ކޮށްފައެވެ.
މިއިމާރާތު މަސައްކަތް 250 ދުވަސް ތެރޭ ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ ކަރާ ކޮސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއިއެވެ.