ގދ އަތޮޅުގެ ވެރިކަން ކުރާ ރަށް ، ގދ ތިނަދޫގައި މަސްގަންނަ މަރުކަޒެއް ގާއިމުކުރުމަށް ނިންމައިފައިވަ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެެއްޖެ އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސުލްޖުމްހުރިއްޔާވަނީ ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ޤާއިމުކުރުމަށް ހަމަޖެެހިފައިވާކަން އިއުލާން ކުރައްވާފައެވެ. އަދި މި މަޝްއޫއު ތަކުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާކަން ވެސް އިއުލާން ކުރައްވާފައެވެ. އެގޮތުން އަންނަ އަހަރު މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި ސަރުކާރުން 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ އިތުރުން ރައީސް ވަނީ ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަން ވެސް އިއުލާން ކުރައްވާފައެވެ. އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމުގެ އިތުރުން 2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަޤީންކަން ދެމެހެއްޓުމަށާއި، ބޭރު ފައިސާ ހޯދުމަށް ދަތިވާ ކޮންމެ ވަގުތެއްގައިވެސް، މަސްވެރިކަމުގެ ޞިނާއަތުގެ މުހިއްމުކަން ވަޒަންކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެެ.
ގުޅުންހުރި

ތިނަދޫ، ހިމެނޭހެން 4 ރަށެއްގައި ހަދާ ސިންތެޓިކް ޓްރެކްތައް އަންނަ އަހަރު ބޭނުންކުރެވޭނެ: މަހުލޫފް

ތިނަދޫ ބަރާސިލް އަވަށު ފުޓްސަލް ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ތިނަދޫ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
