logoEN
cocacola
ހޯނޑެއްދޫގައި ކޮމިއުނިޓީ ސެންޓަރު ގާއިމުކުރުމަށް ދޫކޮށްފައިވާ ބިން ލެވެލްކޮށްފި

ހޯނޑެއްދޫގައި ކޮމިއުނިޓީ ސެންޓަރު ގާއިމުކުރުމަށް ދޫކޮށްފައިވާ ބިން ލެވެލްކޮށްފި

އަހުމަދު ޝުރާއު

logo

11/16/2021, 8:15:16 AM

# ހޯނޑެއްދޫ

239635600_263976985751142_9138564563703953864_n

ގދ. ހޯނޑެއްދޫގައި ތަރައްޤީކުރާ ކޮމިއުނިޓީ ސެންޓަރ އެޅުމަށް ހަމަޖެހިފައިވާ ބިން ލެވަލް ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ގޮސިޔާ

ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް އިއްޔެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިއުނިޓީ ސެންޓަރ އެޅުމަށްޓަކައި ދޫކޮށްފައިވާ ބިން ލެވެލް ކުރުމުގެ މަސައްކަތް އިއްޔެ ކޮށްފައިވާކަމަށެވެ. އަދި މި މަސައްކަތް ތާވަލާއި އެއްގޮތަށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން މި މަސައްކަތުގެ ކޮންޓްރެކްޓަރ ދެއްވާފައިވާ ކަމަށްވެސް ވާރިޝް ވިދާޅުވިއެވެ.

View post on Facebook

ގދ. ހޯނޑެއްދޫގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ އެފްއެސްއެސް މޯލްޑިވްސް އަށެވެ. އެގޮތުން މަޑަވެލި ދާއިރާގައި ހިމެނޭ ހޯނޑެއްދޫއާއި ނަޑެއްލާގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމްކުރުމަށް އެފްއެސްއެސް މޯލްޑިވްސް އާއި އެކު ޔޫތް މިނިސްޓްރީއިން ސޮއިކޮށްފައިވަނީ ނިމިދިޔަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ.

undefined

މި މަސައްކަތަށް މިއަހަރުގެ ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުގައި ކޮންމެ ރަށަކަށް ވަކިން 8 ލައްކަ ރުފިޔާ ހިމަނާފައިވެ އެވެ.

ހޯނޑެއްދޫގައި މިވަގުތު ކޮމިއުނިޓީ ސެންޓަރު ހިންގަމުންދަނީ ޖާގައިގެ ގޮތުން ވަރަށް ކުޑަ ތަނެއްގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ