![ޓެލެކޮމް ޚިދުމަތަށް އާ ކުންފުންޏަކަށް ލައިސަންސް ދެނީ](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2Fhttps___s3-ap-northeast-1.amazonaws.com_psh-ex-ftnikkei-3937bb4_images_7_8_7_3_23023787-1-eng-GB_20191015-Huawei-Mate-20-X-.jpg&w=3840&q=75)
https___s3-ap-northeast-1.amazonaws.com_psh-ex-ftnikkei-3937bb4_images_7_8_7_3_23023787-1-eng-GB_20191015-Huawei-Mate-20-X-
ރާއްޖެއަށް މުވާސަލާތީ ޚިދުމަތް ދިނުމަށް އާ ކުންފުންޏަކަށް ލައިސަންސް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ދެހާސް އެކާވީހަށް ލަފާކޮށް މަޖިލީހަށް ބަޖެޓު ހުށަހަޅަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު އާ ކުންފުންޏަށް ލައިސަންސް ދޭން ޓެންޑަރަށް ހުޅުވާލާނެކަމަށެވެ. އެއީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރުން ނިންމި ނިންމުމެކެވެ.
އާމްދަނީ ހޯދަން އިތުރަށް ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ޓެލެކޮމް ލައިސަންސަށް ގެންނަ ބަދަލާއި ފުރިކުއެންސީ ސްޕެކްޓަމް ޗާޖެއް ނެގުން ހިމެނެ އެވެ. މި ބަދަލާއެކު އަންނަ އަހަރު ބަޖެޓަށް އިތުރަށް 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.
ރާއްޖޭގައި މިހާރު ފޯނާއި އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދަނީ ސަރުކާރު ހިއްސާވާ ދިރާގާއި އުރީދޫ މޯލްޑިވްސް އިންނެވެ. ނަމަވެސް އިތުރު ކުންފުންޏަކަށް އެ ލައިސަންސް ދޭން އުޅޭކަމަށް ބުނާ ވާހަކަތަކެއްވަނީ ފެތުރިފައެވެ. އަދި ލައިސަންސް ދޭން އުޅެނީ އިންޑިއާގެ ރިލަޔަންސް ކުންފުންޏަށް ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.