logoEN
cocacola
ދިރާގުގެ އަހަރީ ދުވަހާއި ގުޅޭ ޚާއްސަ ޕްރޮމޯޝަން: ސްޕީޑް ބޯޓެއް ހޯދުމުގެ ފުރުސަތު!

ދިރާގުގެ އަހަރީ ދުވަހާއި ގުޅޭ ޚާއްސަ ޕްރޮމޯޝަން: ސްޕީޑް ބޯޓެއް ހޯދުމުގެ ފުރުސަތު!

އަހުމަދު ޝުރާއު

logo

9/16/2024, 12:27:41 PM

# ދިރާގު

--

ދިރާގުން އަންނަ މަހުގެ އެކެއްގައި ފާހަގަކުރާ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ސްޕީޑް ބޯޓެއް ދޭ ޕްރޮމޯޝަނެއް ލޯންޗުކޮށްފި އެވެ.

ގޮސިޔާ

ދިރާގު "ވިން އަ ސްޕީޑްބޯޓް"ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މުޅިން އާ އަލް ޝާލީ މެރިން ބޯޓަކާއި ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

އެގޮތުން ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބާ ބްރޯޑްބޭންޑް 30އެމްއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ގުރުވަތުގައި ބައިވެރިވެވޭނެއެވެ.

ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަފައެވެ. އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭނުންވާ ދިރާގުގެ ހުރިހާ ކަސްޓަމަރުންވެސް ހާއްސަ ޕޯޓަލް މެދުވެރިކޮށް 16 ޑިސެންބަރު 2024ގެ ކުރިން މި ޕްރޮމޯޝަންގައި އެންރޯލްކުރަން ޖެހޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ، މިދިޔަ އަހަރުގެ ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ފޯރިގަދަ ތަރުހީބަށް ބަލައި މި ފަހަރު އެއަށްވުރެ ބޮޑު އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

" ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުން ދާއިރު، އަޅުގަނޑުމެން މިފަހަރު މިދެނީ ކަސްޓަމަރުންނަށް އަލް ޝާލީ މެރިން މަޖެލަން، 32 ލޯންޗާ އެކު ޔަމަހާ އައުޓްބޯޑު ދެ އިންޖީނު ކާމިޔާބު ކުރުމުގެ ފުރުސަތު. މި ހައި ސްޕީޑް ލޯންޗަކީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސް ދަތުރު ދިޔުން ފަދަ ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ބޭނުންކުރެވޭނެ ވަރަށް ފުރިހަމަ އަދި އެހާމެ ހިތްގައިމު ލޯންޗެއް،" ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

ދިރާގުން ބުނީ އަލް ޝާލީ މެރިން މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގެ ޕްރިމިއަމް އަދި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އެފުއްދުންތެރިންކަމުގައިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ ލޯންޗެއް ކަމަށެވެ. މި ހައި ސްޕީޑް ލޯންޗާ އެކު މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ ދުނިޔޭގެ ނަން މަޝްހޫރު އައުޓްބޯޑް އިންޖީނަށް ޚާއްސަ ބްރޭންޑެކެވެ.

ދިރާގުން ބުނީ، ބޮޑު އިނާމުގެ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އެގޮތުން، ސްޕޯޓްސް ފިޝިން ގިއާ، ގޯޕްރޯ ހީރޯ، މިނީ ޑްރޯން، އަދި ފްރީ ޑައިވިން ގަޑިއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ