logoEN
cocacola
ދިރާގުގެ އޮންލައިން ގޭމިން ޕްލެޓްފޯމް ލޯންޗްކޮށްފި

ދިރާގުގެ އޮންލައިން ގޭމިން ޕްލެޓްފޯމް ލޯންޗްކޮށްފި

އަލްފާ އަލީ

logo

7/5/2024, 10:49:00 AM

# ދިރާގު

-

އޮންލައިން ގޭމަރުންނަށް ހާއްސަކޮށް "ދިރާގު ގޭމާސް ގިލްޑް"ގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް ދިރާގުން ލޯންޗްކޮށްފި އެވެ.

ގޮސިޔާ

ދިރާގުގެ ހެޑް އޮފީހުގައި އޮތް ހާއްސަ އިވެންޓެއްގައި މި އޮންލައިން ގޭމިން ޕްލެޓްފޯމް ރަސްމީކޮށް ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިޢު އެވެ.

"ދިރާގު ގޭމާސް ގިލްޑް"ގައި ކޮންމެ ގޭމަރަކަށް ވެސް އަމިއްލަ ޕްރޮފައިލްއެއް ތައްޔާރުކޮށް ސްޓެޓިސްކްސް ބަލާލެވޭނެ އެވެ. އަދި ލީޑާ ބޯޑުގެ އިތުރުން ދިރާގުން ކުރިއަށްގެންދާ ގޭމިން މުބާރާތްތަކުގެ މައުލޫމާތުތައްވެސް މި ޕްލެޓްފޯމުން ލިބޭނެ އެވެ.

ދިރާގުގެ އޮންލައިން ގޭމިން ޕްލެޓްފޯމް ރަސްމީކޮށް ލޯންޗްކޮށްދެއްވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ މިއީ ރާއްޖޭގެ ގޭމަރުންނަށް ލިބިގެންދިޔަ ބޮޑު ފުރުސަތެއްކަމަށާއި، މި ޕްލެޓްފޯމުގެ އެހީއާއިއެކު މޮޅެތި ގޭމަރުން އުފެދި ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެއަށް ރީތި ވަނަތަކެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ