logoEN
cocacola
ޑޮކްޓަރުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

ޑޮކްޓަރުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

# ޓީޗަރުން# ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް# މުސާރަ# ޑޮކްޓަރުން

192547-58f070c8-9-876x583

ޑޮކްޓަރުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމައްދު ސާލިޙް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސް ސާލިޙް މިހެން ވިދާޅުވީ، މިހާރު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އުކުޅަހު ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

އާއްމު ފަރާތަކުނ،ް ސްޕެޝަލިސްޓް ޑޮކްޓަރުން ނުލިބުމާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސާލިޙް ވިދާޅުވީ، ރަނގަޅު ޑޮކްޓަރުން ލިބުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ޑޮކްޓަރުންނަށް ދޭ މުސާރަ ކުޑަވުން ކަމަށެވެ.

"އަޅުގަނޑުމެން މިދެނީ 3،000 ޑޮލަރު ސްޕެޝަލިސްޓަކަށް. އެއީ މިހާރު މި ރީޖަންގައި ވެސް ކުޑަ މުސާރައަކަށް މިވަނީ. އެހެންވީމަ ރާއްޖެއަށް ގެންނަން މި ޖެހެނީ ތަންކޮޅެއް އަގުހެޔޮކޮށް ލިބޭ ޑޮކްޓަރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަންނަ އަހަރު ބަޖެޓް ކަނޑައެޅުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި، ޑޮކްޓަރުންނާއި ޓީޗަރުންގެ މުސާރަބޮޑުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް، މުސާރަ ބޮޑުކުރަން ބަޖެޓްގައި ހިމަނާފައިވާކަމަށެވެ.

ރައީސް ސާލިޙް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އަރިއަތޮޅު އުތުރުބުރީ ހަރަށަކަށް ޒިޔާރާތްކުރާނެއެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ