
_MTU6379
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ނިންމާފައިވާ ކަން އިއުލާނުކޮށްފިއެވެ.

ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ނިންމާފައިވާކަން އިއުލާނުކޮށްފައި ވަނީ މަޝްހޫރު ފިލްމީ ތަރި ޖޭޕީގެ މެމްބަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)އެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިއްސެ ވިދާޅުވީ، ގާސިމް އިބްރާހިމްގެ ބައިގްރޮފީ ފިލްމަކީ ދައުލަތުގެ ލައިބްރަރީގައި އިންނަން ޖެހޭ ފިލްމެއް ކަމަށެވެ.
"ގާސިމް އިބްރާހިމްގެ ލައިފް، އެ ފެށުނުގޮތާއި، މިހާހިސާބަށް އައިގޮތް، އަޅުގަނޑުމެންގެ ތެރޭގައި ދޭތެރެއަކުން އަޑުއިވޭނެ ގާސިމް އިބްރާހިމް އެންމެ ކުރިންސުރެ ވަރަށް ބުރަ މަސައްކަތެއްކޮށްގެން ކަން މިހިސާބަށް އައީ". އިއްސެ ވިދާޅުވިއެވެ.
އިއްސެ ވިދާޅުވީ، މިދިޔަ އަހަރު ތެރޭގައި ޖޭޕީ ތެރޭގައި ގާސިމްގެ ބައިގްރޮފީއަށް ފިލްމެއް ހަދަން ވާހަކަދެކެވުނު ކަމަށެވެ.
"އަޅުގަނޑު މި ބުނީ 100% ކޮމިޓްމެންޓް ދޭން ބޭނުންވާ ކަމެއް މިއީ، ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުގައި އޭތި ހަދަން". އިއްސެ ވިދާޅުވެފައިވެއެވެ.
"އިރާދަކުރެވިއްޔާ ހަދާނަން، އެ ފިލްމުން އެ ހިސާބަށް ދިޔައީމަ އެނގޭނެ، އާދައިގެ ގޮތަކަށް ނޫން ހަދާނީ، އިންޓަނޭޝަނަލް ފެންވަރުގައި ހަދައިގެން އަދި ޑޯކިއުމެންޓްރީތަކާއި ޓެލެ ފިލްމާއި މީހުންގެ އިންޓަވިއުސްތަކާއި ލީޑާރުގެ އިންޓަވިއުތަކާއި، އެގޮތަށް މިކްސް ކޮށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ".
އިއްސެ ވިދާޅުވީ، ގާސިމް ފަދަ ބޭފުޅެއްގެ ހަޔާތާއި ގުޅޭ ފިލްމެއް އިނުމަކީ މަޖުބޫރު ކަމެއް ކަމަށެވެ.