logoEN
WAMCO TOP 1

photo-2021-09-06-17-16-20-2

މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ތުރުކީ އަށް ފުރާވަޑައިގެންފިއެވެ.

THE TRAVELLER AD

މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ޑރ. މުއިއްޒު ތުރުކީއަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި ރޭގެ ވަގުތެއްގައެވެ.

މި ދަތުރުގެ މަގްސަދަކީ ތުރުކީގެ ސިޓީތަކުގެ މޭޔަރުންނާއި ބައްދަލުކޮށް އެ ސިޓީތަކާއި ގުޅުންބަދަހިކޮށް، މާލޭ އާއި ގުޅުންހުރި އެކި ކަންކަމަށް އެހީތެެރިކަން ހޯދޭނެ މަގު ފަހިކުރުމަށް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މިއީ މާލޭގެ މޭޔަރުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު މުއިއްޒު ރާއްޖެ އިން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

ކޮމެންޓް
ފަހުގެ
HDC