
ވިނަރެސް ފްލެޓުތަކުގެ ކުއްޔަށް ރައީސް ޔާމީން ނިންމެވީ 7000 ރުފިޔާ - ޑރ މުއިއްޒު
# ރައީސް ޔާމީން# އެޗްޑީސީ# ބޯހިޔާވަހިކަން# ވިނަރެސް ފްލެޓް# ޑރ. މުއިއްޒުScreenshot 2022-06-10 at 20.53.21
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ ވިނަރެސް ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑައެޅީ 7000ރ ކަމަށް އޭރުގެ ހައުސިންގ މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫގެ ފްލެޓްގެ އަދަދު މަދުކޮށް ބޮޑު އަގުގައި ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެ އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓްވީޓެއްގައެވެ.
ޑރ. މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ފެއްޓި 1،530 ޔުނިޓް ހައުސިންގ މަޝްރޫއު، މި ސަރުކާރުން 1،340 އަށް މަދުކޮށް "ވިނަރެސް" ގެ ނަންދީ، އަތް ނުފޯރާހާ އަގުބޮޑުކޮށް ވިއްކުމުންދާ ދިއުން ބަދަލުކުރެއްވުން އެދޭ ކަމަށެވެ.
ރައީސް ޔާމީން ސަރުކާރުގައި ފެއްޓި 1530 ޔުނިޓުގެ ހައުސިންގ މަޝްރޫޢު، މި ސަރުކާރުން 1340 އަށް މަދުކޮށް، "ވިނަރެސް" ގެ ނަންދީ، އަތް ނުފޯރާހާ އަގުބޮޑުކޮށް ވިއްކަމުންދާ ދިޔުން ބަދަލުކުރެއްވުން އެދެން.ރައީސް ޔާމީންގެ ސަރުކާރުގައި މި ފްލެޓް ތައް ދިނުމަށް ނިންމާފައިވަނީ މަހަކު 7000ރ އަށް
— Dr Mohamed Muizzu (@MMuizzu) June 10, 2022
ވިނަރެސް ފްލެޓްތައް އިމާރާތް ކޮށްފައިވައިވަނީ 15 ބުރީގެ 10 ޓަވަރަށެވެ. އެމަޝްރޫއުގައި ހިމެނެނީ ހިމެނެނީ 902 އަކަފޫޓުގެ އެޕާޓްމަންޓްތަކާއި، 883 އަކަފޫޓުގެ ތިން ރޫމް އެޕާޓްމަންޓްތަކެވެ. މީގެ ފްލެޓްތައް އެކި ކެޓަގަރީތަކަށް ބަހައިގެން ޖުމްލަ 1344 ފްލެޓު ދަނީ ތަރައްގީ ކުރަމުންނެވެ.
ހަތަރު ވައްތަރެއްގެ އެޕާޓްމެންޓު ވިނަރެސްގައި ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑަޑް ވިއުއެވެ.
ވިނަރެސް މަޝްރޫއުގެ ޓަވަރުތަކުގެ 100 ފްލެޓް މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ރަށްވެހިކަން ނެތް ފަރާތްތަކަށް ހާއްސަ ކުރަން ވަނީ ނިންމާފައެވެ. އެ ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 ހައުސިން ޔުނިޓަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުން ކުރިން ނިންމާފައިވަނީ މާލޭގައި ރަށްވެހިކަން އޮންނަތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.ބޯހ
ގުޅުންހުރި

އެޗްޑީސީގެ ބޯޑަށް އިތުރު ބޭފުޅަކު އައްޔަނުކޮށްފި

އެޗްޑީސީގެ 2025 ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާނުކޮށްފި

ހިޔާގައި އަލަށް ހަރުކުރާ ލިފްޓުތަކުގެ މަސައްކަތް ނޮވެމްބަރަށް ނިމި ބޭނުންކުރަން ފެށޭނެ - އެޗްޑީސީ
