logoEN
WAMCO TOP 1
ޖަލާލުއްދީން މިސްކިތުގެ ފާރުތަކުން ނެއްޓިފައިވާ މާބުލްތައް ހަރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި

ޖަލާލުއްދީން މިސްކިތުގެ ފާރުތަކުން ނެއްޓިފައިވާ މާބުލްތައް ހަރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި

އަހުމަދު ޝުރާއު

logo

7/20/2026, 12:55:51 PM

# މާލޭ ސިޓީ ކައުންސިލް

-

މާލޭގެ މަސްޖިދުލް ޖަލާލުއްދީން މިސްކިތުގެ ފާރުތަކުން ނެއްޓިފައިވާ މާބުލްތައް އަލުން ހަރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

THE TRAVELLER AD

ސިޓީ ކައުންސިލުން ބުނީ މިއީ މާލޭގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކައުންސިލުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

މަސްޖިދުލް ޖަލާލުއްދީނަކީ މާލޭގައި ހުންނަ ޖާގަ ތަނަވަސް، އާންމުކޮށް ގިނަ ބަޔަކު ނަމާދުކުރާ ބޮޑު މިސްކިތެކެވެ. ނަމަވެސް މިސްކިތުގެ ބައެއް ދިމަދިމާއިން މާބުލްތައް ނެއްޓިފައި ހުރުމުގެ ސަބަބުން މިސްކިތުގެ ރީތިކަން ގެއްލި، ނަމާދަށް އަންނަ އާންމުންނަށް ބައެއް ދަތިތަކާ ކުރިމަތިވަމުންދާތީ، ސިޓީ ކައުންސިލުން ވަނީ އެކަން އަވަސް ހައްލެއްގެ ގޮތުގައި މަރާމާތުކުރަން ނިންމާފައެވެ.

މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މިސްކިތްތަކަކީ އެންމެ މަތީ ދަރަޖައަށް ބަލަހައްޓަންޖެހޭ ތަންތަން ކަމަށެވެ. އަދި މިސްކިތްތަކުގެ މަރާމާތަށް ކުރަންޖެހޭ ކަންކަމަށް ކައުންސިލުން އަބަދުވެސް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ.

މިސްކިތްތަކުގެ އާބާތުރަ ފިލުވައި، އަޅުކަންކުރަން އަންނަ ފަރާތްތަކަށް ފަސޭހަ އަދި އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ސިޓީ ކައުންސިލުން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، ޖަލާލުއްދީން މިސްކިތުގެ މާބުލްތައް ހަރުކޮށް ނިމުމުން މިސްކިތުގެ ސާފުތާހިރުކަމާއި ރީތިކަން އިތުރަށް ފުރިހަމަވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC