
އިލެކްޓްރިކް ކާރު ބޭނުންކޮށްގެން ވިލިމާލޭގައި ޓެކްސީ ކޮށްދޭނެ ބަޔަކު ހޯދަނީ
# ޓެކްސީ# ޑރ. މުއިއްޒު# މާލެ ސިޓީ ކައުންސިލް# ވިލިމާލެScreenshot 2022-10-09 at 15.12.19
ބެޓްރީ ނުވަތަ އިލެކްޓްރިކް ކާރު ގެނެސްގެން ވިލިމާލޭގައި ޓެކްސީ ކޮށްދޭނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ.މުހައަދު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ބެޓްރީ ކާރުގައި ޓެކްސީ ކުރުމުގެ ހުއްދަ ދޭން ނިންމީ ތިމާވެއްޓާ ރައްޓެހި ތަކެތި ބޭނުންކުރުމުގެ ބޭނުމުގައި ކަމަށެވެ. ވިލިމާލެއަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭތަނެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ އެ ރަށަކީ އިންޖީނުލީ އުޅަނދު ދުއްވުން މަނާތަނަކަށްވާތީ ބެޓްރީ ނުވަތަ އިލެކްޓްރި ވެހިކަލްތައް ބޭނުންކޮށްގެން ޓެކްސީގެ ޚިދުމަތް އެ ރަށަށް ފޯރުކޮށްދިނުމަކީ މުޙިއްމު ކަމެއް ކަމަށެވެ.
އިލެކްޓްރި ވެހިކަލްތައް ޗާރޖުކުރާނެ ސްޓޭޝަނެއް ހަދައި ހިދުމަތްދޭނެ ބަޔަކު ހޯދަންވެސް ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފަ އެވެ. ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވަނީ މާލޭގެ ދެ ސަރައްދެއްގައި އިލެކްޓްރިކް ވެހިކަލް ޗާރޖްކުރާނެ ސްޓޭޝަނަކާއި ވިލިމާލޭގައި ވެހިކަލް ޗާރޖުކުރާނެ ސަރަހައްދެއް ހެދުމަށެވެ.
މާލޭ ސިޓީގައި އާއްމު ވެހިކަލްތައް ދުއްވުން މަނާ އަވަށަކީ ހަމައެކަނި ވިލިމާލެ އެވެ. މީގެ ކުރިންވެސް އެ އަވަށުގައި ބަގީ މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.
ގުޅުންހުރި

ސިޓީ ކައުންސިލުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭ މާލޭގެ އެކި ސަރަހައްދަކުން 42.15 ޓަނުގެ ކުނި ނަގައިފި

ވިލިމާލޭގައި 500 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

މާލެ ސިޓީ ކައުންސިލްގެ ސިވިލްސަރވިސް މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުމަކީ މައްސަލައެއް ނޫން: ޢަރީޝް





