logoEN
Sto top
ތިނަދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ

ތިނަދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ

# ތިނަދޫ ސްކޫލް

DSC_1585

ގދ. ތިނަދޫގައި ހިންގާ ތިނަދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

Wamco

އެ ސްކޫލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތިނަދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށާއި, ބީލަމުގައި ބައިވެރިވުމަށް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ސްކޫލުގެ މެއިލް, [email protected] މެދުވެރިކޮށް ސިޓީއަކުން ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ސިޓީގައި މެއިލް އެޑްރެސް އަދި ގުޅޭނެ ނަމްބަރެއް ޖެހުމަށްވެސް އެ ސްކޫލުން އެދެއެވެ.

މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ މިމަހުގެ 20 ވާ ހޯމަ ދުވަހު ދުވަހުގެ ހެނދުނު 11:00 ގައި ތިނަދޫ ސްކޫލްގައެވެ. ނަމަވެސް އެ ތާރީޚުގައި ތިނަދޫ މޮނިޓަރިންގެ ޙާލަތުގައި އޮވެއްޖެނަމަ، މަޢުލޫމާތުދިނުން އޮންނާނީ ވައިބަރ މެދުވެރި ކޮށް ކަމަށްވެސް ބުނެފައިވެއެވެ.

މި މަސައްކަތުގެބީލަން ހުޅުވުން އޮންނާނީ މިމަހުގެ 29 ވާ ބުދަ ދުވަހުގެ 11:00 ގައެވެ. ބީލަން ހުޅުވާނެ ގޮތަކާއި ތަނެއް ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް އަންގާނެ ކަމަށް ސްކޫލުގެ އިއުލާނުގައި ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside