![ގަބޫލު ކުރިޔަސް، ނުކުރިޔަސް ސަނީފް އިއްވައިދިނީ މުޅި ހުވަދޫ އަތޮޅުގެ އަޑު!](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2FMP-Sanna.jpg&w=3840&q=75)
MP Sanna
ފާއިތުވި ދެތިން ދުވަހު އެންމެ ހޫނު އެއް މަޢުޟޫއަކަށް ވެފައި މިވަނީ ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރ ޢަބްދުالله ސަނީފް މަޖިލީހުގައި ދެއްކެވި ވާހަކަފުޅެވެ. ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީގެ 10 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސަނީފް ވަނީ ރާއްޖެ ތަރައްގީ ކުރަމުން އަންނަ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވެފައެވެ. ސަނީފްގެ ވާހަކަފުޅާއި ގުޅިގެން އޭނާއަށް ފާޑުކިޔައި ފްރޭމްކުރާނެ ކަމުގެ އިންޒާރާއި މަރުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ސަނީފްގެ ވާހަކަތަކަކީ ބައެއް މީހުންނަށް އަޑުއަހަން އުނދަގޫ ވިޔަސް، ތަޞައްވަރު ކުރަން ދަތި ނަމަވެސް، އެއީ ކަމުގެ ޙަގީގަތް އޮތް ގޮތެވެ. އަދި އެވާހަކަ އެގޮތަށް ދެއްކުމަކީ ސަނީފްގެ ޒިންމާއެކެވެ. ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ސަނީފް ވިދާޅުވެފައި ވަނީ ސަރަޙައްދީ ތަރައްޤީ ގެންނަން ޖެހޭނި އާބާދީއާއި އިޤްތިޞާދު އޮތް ތަނަކަށް ކަމަށާއި އެ ތަނަކީ ހުވަދު އަތޮޅުކަމަށެވެ. އަދި ހުވަދު އަތޮޅު ބާކީ ކޮށްލައި އެހެން ތަނެއްގައި އޮތް އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީކުރަން ކިތަންމެ ވަރަކަށް އުޅުނަސް އެކަން ނުވާނެ ކަމަށެވެ. ހުވަދު އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ސަނީފްގެ މި ވާހަކަފުޅަށް ތާއީދު ކުރާނެއެވެ. ސަނީފް އަޑު އުފުއްލެވީ މުޅި ހުވަދުއަތޮޅުގެ ހައްގުގައެވެ. ނިސްބަތްވާ ދާއިރާއަށް ނުވަތަ ގދ އަތޮޅުގެ ވާހަކައެއް ނޫނެވެ. މުޅި ހުވަދު އަތޮޅުގެ ވަސީލަތްތައް ގުރުބާންކުރުމާ ދެކޮޅު ހެއްދެވީއެވެ.
ހުވަދުއަތޮޅަކީ ދުނިޔޭގައި ވެސް އޮތް އެންމެ ރަށް ގިނަ އަތޮޅެވެ. ޖުމްލަ 255 ރަށް މުޅި ހުވަދު އަތޮޅުގައި އެބައޮތެވެ. މުޅި ރާއްޖޭގެ ރަށްތަކުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައިގެ ރަށްތައް އޮތީ ހުވަދުއަތޮޅުގައެވެ. ފަތުރުވެރިކަމުގެ ވަސީލަތްތަކަށް ބަލާއިރު ހުވަދުއަތޮޅުގައި މިވަގުތު ރިސޯޓުތަކާއި ގެސްޓްހައުސްތަށް ހިމެނޭގޮތުން ޖުމްލަ 23 ތަނެއް އޮޕަރޭޓް އެބަކުރެއެވެ. އެއީ ގާތްގަނޑަކަށް 1830 އެނދެވެ. އައްޑު އަތޮޅަށް ބަލާއިރު މިވަގުތު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަނީ ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމަނައިގެން 17 ތަނެކެވެ. އެނދުގެ ޢަދަދަކީ 1288އެވެ. ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރެވެމުންދާ ރަށްތަކަށް ބަލާއިރު ހުވަދު އަތޮޅުގައި މިވަގުތު 7 ރަށެއް މަސައްކަތް ކުރިޔަށް އެބަދެއެވެ. އައްޑުއަތޮޅުގައި މިވަގުތު އެއްވެސް ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވެމުންނެއް ނުދެއެވެ.
ހުވަދު އަތޮޅުގެ ކަންބޮޑުވުމަކީ މިއީއެވެ. ފަތުރުވެރިކަމުގެ ވަސީލަތްތައް އޮތް އެ މަސައްކަތް ހިނގާ ތަނެއްގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް ނާޅައި މާ ދުރުގައި އޮތް ތަނެއް ތަރައްގީ ކުރުމެވެ. ހުވަދުއަތޮޅުގައި އޮތް ޑޮމެސްޓިކް އެއަރޕޯޓް ތަކުގެ ތެރެއިން އެއް އެއަރޕޯޓު އެހާ ދަށް ހާލެއްގައި އޮތް އިރު އެކަމަށް އަޅާލުމެއް ނެތި އެހެން އެއަރޕޯޓުތައް އެޅިގެންދާތީއެވެ. ހުވަދުއަތޮޅުގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން އެހެން އަތޮޅެއްގައި އޮތް އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަރޯސާވާން ޖެހުމެވެ. މާލެއަށް ވުރެން ކައިރިން އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދާއިރު އެއީ ހުވަދުއަތޮޅަށް ނުވުމެވެ.
ސަނީފް އަށް މަރުގެ އިންޒާރު ދިން ނަމަވެސް ސަނީފު ދެއްކެވީ ސަނީފުގެ އަމިއްލަ ވާހަކަފުޅެއް ނޫނެވެ. އެއީ ސަނީފްއަށް ވޯޓު ދިން ރައްޔިތުންނާއި މުޅި ހުވަދުއަތޮޅުގެ ރައްޔިތުންގެ ހައްގުގައި ސަނީފް ދެއްކެވި ވާހަކަފުޅެކެވެ. އެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، މަތިކުރެވިފައިވާ ޒިންމާ އަދާކުރެއްވީއެވެ. އެހެން އަތޮޅެއްގެ ނުވަތަ ރަށެއްގެ ރައްޔިތުން ވެސް ކަމަކަށް އެދޭނަމަ މެންބަރުންގެ އަރިހުގައި ވަކާލާތު ކޮށްދިނުމަށް ދަންނަވާށެވެ. ހަމަގައިމުވެސް، އައްޑުއަތޮޅުގައި އެކަނި ވެސް ހަތް މެންބަރުން ތިއްބަވައެވެ. އެ މެންބަރުންނަށް އައްޑޫގެ އެއަރޕޯޓުގެ ދިފާޢުގައި، އައްޑޫ ރައްޔިތުންގެ ހައްގުގައި ސަނީފް އަށް ވުރެން އަޑު ހަރުކޮށް ވާހަކަ ދެއްކިދާނެއެވެ. ސަނީފް ވެސް އިއްވައިދިނީ މުޅި ހުވަދުއަތޮޅު ރައްޔިތުންގެ އަޑެވެ.
ގުޅުންހުރި
![21 ހިޔާ ޓަވަރުން އުފެދޭނީ 21 ގޭންގު - ނަސީފް](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F09%2Fl_2020_02_25_031226_fzmwiaxlkgb54dps1ecq32uro9tjnvy8h67_EN_.jpg&w=3840&q=75)
21 ހިޔާ ޓަވަރުން އުފެދޭނީ 21 ގޭންގު - ނަސީފް
![ބިދޭސީންނަށް މިނިމަމްވޭޖް ލަސްކުރުމުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިވާނެ - ސަނީފް](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F06%2F6RbTYlyrlB7n8B4ywrsOJgXPedjpv0wu4JCftl1a.jpg&w=3840&q=75)
ބިދޭސީންނަށް މިނިމަމްވޭޖް ލަސްކުރުމުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިވާނެ - ސަނީފް
![ޔާޔާ ނަބީލް ދޫކޮށްލަން ހުކުމް އިއްވި ފަނޑިޔާރު ހުރީ ކޮން ހާލަތެއްގައިތޯ ބަލަން ޖެހޭ - ސަނީފް](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F07%2Fabdulla-saneef-1.jpeg&w=3840&q=75)
ޔާޔާ ނަބީލް ދޫކޮށްލަން ހުކުމް އިއްވި ފަނޑިޔާރު ހުރީ ކޮން ހާލަތެއްގައިތޯ ބަލަން ޖެހޭ - ސަނީފް
![ޖެނުއަރީ 1 އިން ފެށިގެން ގްރީން ޓެކްސް ނަގަން ޤާނޫނަށް އިސްލާހު ހުށަހަޅައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F07%2Fabdulla-saneef-1.jpeg&w=3840&q=75)