logoEN
cocacola
ބިރުދައްކައިގެން 1.4 މިލިއަން ރުފިޔާ ފޭރިގަނެފި

ބިރުދައްކައިގެން 1.4 މިލިއަން ރުފިޔާ ފޭރިގަނެފި

# ފޭރުން

male-curfew-16-gadiiru-lockdown-police-mndf-joorimanaa-magumathi-34-of-35-1536x1025

މާލޭގެ މަނީ އެކްސްޗޭންޖް ކުރާ ތަނެއްގެ ސޭލްސްގެ ގޮތުގައި ލިބުނު 1.4 މިލިއަން ރުފިޔާ ގެއަށް ގެންދަނިކޮށް ބިރުދައްކައިގެން ފޭރިގަނެފިއެވެ.

ގޮސިޔާ

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ވިޔަފާރި ނިންމުމަށްފަހު، ވިޔަފާރީގެ ވެރިޔާގެ ގެއަށް އެ ފައިސާތައް ގެންދިޔަ މަގުމަތީގަ އެވެ. މައުލުމާތު ލިބޭ ގޮތުގައ އެކީ ލިލްމާސް ނަމަކަށް ކިޔާ ކުންފުނީގެ ދަށުން ހިންގާ މަނީ އެކްސްޗޭންޖު ކުރާ ތަނެކެވެ.

އެހާދިސާގެ މައުލޫމާތު އެނގޭ މީހަކާ ހަވާލާދީ ބައެއް މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ފައިސާތައް ދަބަހަށް އަޅައިގެން ވިޔަފާރީގެ ވެރިޔާގެ ގެންދިޔައީ އެ ތަނުގައި މަސައްކަތްކުރާ ބިދޭސީ ދެ މީހެކެވެ.

އެ ދެ ބިދޭސީ މީހުން ސައިކަލުގައި ހެންވޭރު ދަނޑު ކައިރީގައި ހުންނަ ޝަވަރުމާ ކައިރިން ދަނިކޮށް ބަޔަކު މީހުން އައިސް ސައިކަލު ދުއްވާފައި ހުއްޓާ ކޮށްޕާލި ކަމަށާއި, އެއާއެކު އެ ދެ މީހުން ބިމަށްވެއްޓުނު ކަމަށް އެމީހާ ކިޔައިދީފައިވެއެވެ. އަދި ބިމަށް ވެއްޓުމާއެކު ވަޅިން ބިރު ދެއްކުމަށްފަހު ދަބަސް ފޭރިގަތީ ކަމަށްވެސް އެމީހާ ކިޔައިދީފައިވެއެވެ.

އެހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގެ މަގުމަތިން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައި, ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ