
ހުޅުމާލެ ---
ހުޅުމާލޭގައި ކަސްރަތަށް ނުކުމެ އުޅުނު މީހެއްގެ ކަރުގަ އޮތް ފަށެއް ފޭރިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސައިކަލްގައި ދިޔަ މީހުން ހުޅުމާލެ ރީތިގަސް މަހުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގެންފައިވާ މައްސަލަ މިއަދު 6:20 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފޭރިގެންފައި ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ވިމެން ފުޓްބޯލް ކްލަބްގެ ބާނީންގެ ތެރޭގައި ހިމެނޭ މަރިޔަމް މުހައްމަދު (މާޔަން) ގެ ފަށެވެ.
އޭނަ ބުނެފައި ވަނީ ބަޔަކު ފަށް ފޭރި ގަތުމުން އެހީއަކަށް އެދި ހަޅޭއްލެވުމުން އެ ހިސާބުގައި އުޅުނު ބިދޭސީ އަކު ފަށް ފޭރުނު މީހުން އަތުލައިގަނެވޭތޯ މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ފޭރުނު މީހުން ސައިކަލަށް އަރައިގެން ފިލާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ގުޅުންހުރި

ގުއްބު މިސްކިތުގައި ކުރަމުން އަންނަ މަސައްކަތްތައް މޭޔަރާއި ކައުންސިލަރު ބައްލަވައިލައްވައިފި
ހުޅުމާލެ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާގެ އެސެސްމެންޓް ހަދަނީ

ހުޅުމާލޭގައި ބާއްވާ "އޯޝަން ފެސްޓިވަލް" ގައި ކާބޯތަކެތި ވިއްކުމުގެ ފުރުޞަތު ހުޅުވާލައިފި




