logoEN
cocacola
ކާފިއު ގަޑީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ފައިސާތަކެއް ފޭރިގަނެފި

ކާފިއު ގަޑީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ފައިސާތަކެއް ފޭރިގަނެފި

އަޙްމަދު ޖަމީލު

logo

5/16/2021, 6:02:21 PM

# ފޭރުން

DSC_1544

ކާފިއު ގަޑީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ގދ. ތިނަދޫގެ ގެއަކަށް ވަދެ ފައިސާތަކެއް ފޭރިގަނެފިއެވެ.

ގޮސިޔާ

"ގާފު" އަށް މައުލޫމާތު ލިބިފައިވާގޮތުގައި، ފޭރިގެންފައި ވަނީ ތިނަދޫ ފިހާރައެއްގައި މަސައްކަތް ކުރާ ސޭޓެއްގެ އަތުންނެވެ. އަދި މިކަން ހިނގާފައިވަނީ ރޭގެ ކާފިއު ގަޑިއަށް ފިހާރަ ބަންދުކޮށް އެ މީހާ ގެއަށް ދިޔަތާ މާ ގިނަ އިރުތަކެއް ނުވަނީސްކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ، ރޭ 10:30ހާއިރު ތިނަދޫގެ ގެއަކަށް ބަޔަކު ވަދެ މީހެއްގެ އަތުން އެމީހާގެ ވޮލެޓާއި، ތަޅުދަނޑި ފޭރިގެންފައިވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ތިނަދޫގައި ރޭ ހިނގައިދިޔަ ފޭރުމުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފަހަކަށް އައިސް ތިނަދޫގެ ފިހާރަތަކުން ވައްކަންކުރާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ