logoEN
cocacola
ޓެކްސީއަކަށް އަރައި ޑްރައިވަރު އަތުން ފައިސާ ފޭރިގަނެފި

ޓެކްސީއަކަށް އަރައި ޑްރައިވަރު އަތުން ފައިސާ ފޭރިގަނެފި

އަޙްމަދު ޖަމީލު

logo

10/25/2021, 9:57:32 PM

# ފޭރުން# ޓެކްސީ

EKM_1800

މާލޭގައި ޓެކްސީއަކަށް އެރި ބަޔަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރު ދެއްކުމަށްފަހު ފައިސާތަކެއް ފޭރިގަނެފިއެވެ.

ގޮސިޔާ

ފުލުހުން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު މާލޭ މަޖިދީމަގުން ހުޅުމާލެ އަށް ދިއުމަށް ޓެކްސީއަކަށް އެރި ދެމީހަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޓެކްސީ ޑްރައިވަރު އަތުން 700 ރުފިޔާ ފޭރުމަށް ފަހު އެމީހުން ޓެކްސީން ފައިބައިގެން ގޮސްފައިވާ ކަމަށާއި މިމައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރު ވެސް ހުޅުމާލޭގައި ޓެކްސީއަކަށް އެރި މީހަކު ޑްރައިވަރު އަތުން ފައިސާ ފޭރެން މަސައްކަތް ކުރުމަށް ފަހު ޑްރައިވަރުގެ ކަރަށް ވަޅިން ހަމަލާދީ ޑްރައިވަރު މަރާލާފައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ