logoEN
cocacola
އާރުޑީސީ ފަޅާލުމާއި ސިޔާސީ ބަޔަކާ އެއްވެސް ގުޅުމެއް ނެތް: ފުލުހުން

އާރުޑީސީ ފަޅާލުމާއި ސިޔާސީ ބަޔަކާ އެއްވެސް ގުޅުމެއް ނެތް: ފުލުހުން

އަޙްމަދު ޖަމީލު

logo

8/18/2021, 12:44:02 PM

# ދިވެހި ފުލުހުން

F923256A-0C01-4F3E-8198-77D12F02B88D

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އޮފީސް ފަޅާލައި އެ ތަނުން ވައްކަން ކުރި މައްސަލައާ، ސިޔާސީ އެއްވެސް ބަޔަކާ ގުޅުމެއް ނެތް ކަމަށް ފުލުހުންމިއަދު ބުނެފި އެވެ.

ގޮސިޔާ

ފުލުހުން އެހެން ބުނީ، އާރުޑީސީގެ އޮފީހަށް ގެއްލުންދީ، އެ ތަނުން ވައްކަން ކުރަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް، އެ ކުންފުނީގެ މެނޭޖިންޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ތުހުމަތު ކުރައްވާފައި ވާތީ މީޑިއާ އިން ސުވާލު ކުރުމުންނެވެ.

މަގުތައް ހެދުމަށް މި ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ އޮފީހުން މި އަހަރުގެ ތެރޭގައި ތިން ފަހަރަށް ވައްކަންކޮށްފައި ވެ އެވެ. އެކަމާ ގުޅިގެން، އާރުޑީސީ އަށްއާއްމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އާރުޑީސީގެ ހެޑް އޮފީހުން އެންމެ ފަހުން ވައްކަން ކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. އާއްމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ފިރިހެނަކުއެ އޮފީހުގެ ފުރާޅުމަތިން އަރައި، ސީލިންގުގައި ފައި އަޅުވައިގެން އެތެރެ އަށް ވަންނަން މަސައްކަތް ކުރެ އެވެ. އަދި ވަންނަން އުޅުމުގެ ތެރެއިން ސީލިންގުގެބޮޑު ބައެއް ފަޅައިގެން ގޮސް ބިންމައްޗަށް ވެއްޓޭތަން ފެނެއެވެ.

އާރުޑީސީގެ އޮފީހަށް މި އަހަރުތެރޭ 3 ފަހަރަކު މަތިން ފަޅާލާފައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ