logoEN
cocacola
ދިވެހި އަންހެން ފުލުހުންގެ ޚިދުމަތުގެ ތެއްތިރީސް

ދިވެހި އަންހެން ފުލުހުންގެ ޚިދުމަތުގެ ތެއްތިރީސް

އައިޝަތު އިފާޝާ

logo

3/8/2022, 10:29:17 AM

# ދިވެހި ފުލުހުން# އަންހެނުންގެ ދުވަސް# އަންހެން ފުލުހުން

IMG_3521-e1646649094646

މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންދާ އިރު، އަންހެނުން ބާރުވެރި ކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ގެންދަނީ ނުހަނު އަގުހުރި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އިދާރީ މަސައްކަތުން ފެށިގެން ފުލުހުންގެ އިސްސަފުގައި ފައިހަމަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ދިވެހި އަންހެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ގޮސިޔާ

މިކަން ދިވެހި އަންހެން ފުލުހުންގެ ޚިދުމަތުގެ ތެއްތިރީސް އަހަރުވީ ތާރީހުން ވެސް ހެކި ދެ އެވެ.

ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ޚިދުމަތް ދިނުމުގައި އަންހެނުން

ދިވެހި ތާރީހަށް ނަޒަރު ހިންގައިލާއިރު، އެންމެ ފުރަތަމަ ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި އަންހެނުން ހަރަކާތްތެރިވާން ފަށާފައި ވަނީ މާޗް 1، 1989 ގަ އެވެ. އެގޮތުން، އެންމެ ފުރަތަމަ ސިފައިންގެ ޚިދުމަތަށް ނަގާފައިވަނީ 65 އަންހެނުންނެވެ.

ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ވެސް މިދާއިރާއިން ޓްރޭނިންގތައް ހަދައި ސިފައިންގެ ތެރޭގައި ހަރަކާތްތެރިވާން ފެށި އެވެ. އޭރު މި ދާއިރާއާ ގުޅުނު ގިނަ އަންހެން ސިފައިން މަސައްކަތް ކުރަމުން ގޮސްފައި ވަނީ ފުލުހުންގެ ދާއިރާގައި ޕޮލިސް ހެޑްކުއާޓަރުގަ އެވެ.

undefined

އެގޮތުން އަސްރާރް މުހައްމަދުއާއި، އާމިރާ ޔޫސުފް އަދި އާމިނަތު ހަނީފާއާއި، އާމިނަތު ޢަބްދުލްހާދީއާއި، ފާތިމަތު އަޒްލިފާ އަދި ޒުހުރާ އިބްރާހީމް ފަދަ އަންހެން ފުލުހުން ފާހަގަކޮށްލެވެއެވެ.

މި ކަނބަލުންގެ ތެރެއިން މިހާރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޒުހުރާ އިބްރާހީމް ފިޔަވައި އެހެން ކަނބަލުން މިއަދު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ވެފައިވީ ނަމަވެސް މި ކަނބަލުންނަކީ ވެސް ފުލުހުންގެ ތެރޭގައި ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންކަން އުފަލާ އެކު ފާހަގަކުރަމެވެ.

އެންމެ ފުރަތަމަ އަންހެން ކޮމިޝަންޑު އޮފިސަރުން

ސިފައިންނާއި ފުލުހުން ވަކި ދެ މުއައްސަސާއަކަށް ބަދަލުވުމުގެ ކުރިން ސިފައިންގެ ތެރޭގައި އަދި ފުލުހުންގެ ތެރޭގައިވެސް އަންހެން ކޮމިޝަންޑު އޮފިސަރަކު ނުހުރެއެވެ. 2004 ވަނަ އަހަރު ޗީފް ސްޓޭޝަން އިންސްޕެކްޓަރެއްގެ މަގާމުގައި ފުލުހުންގެ ދާއިރާއާ އަލަށް ގުޅުނު އަންހެން ފުލުހަކީ ފާތިމަތު އިނާލާއެވެ. ފުލުހުންގެ ޓްރެއިނިންގ ހެދުމަށްފަހު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ފުލުހުންގެ އަންހެން ކޮމިޝަންޑު އޮފިސަރެއްގެ މަގާމަށް ދިވެހި ތާރީހުގައި ފާތިމަތު އިނާލާގެ ނަން ފެވިގެން ދިޔައެވެ.

undefined

ފާތިމަތު އިނާލާ އަކީ މާސްޓަރ ކޯސް ފުރިހަމަކުރުމަށްފަހު ފުލުހުންގެ މަސައްކަތަށް ނުކުތް ފުރަތަމަ އަންހެން ފުލުހެވެ. އެއަށްފަހު މަޑުމަޑުން އަންހެން ފުލުހުންވެސް މިދާއިރާއަށް ނުކުންނަންފަށައި އަދި ރާއްޖެއާއި ރާއްޖޭން ބޭރުންވެސް ތަފާތު ކޯސްތައް ހަދަމުން ގެންދިޔަ އެވެ. އެގޮތުން މާސްޓަރ ކޯސް ފުރިހަމަ ކުރުމަށްފަހު ކޮމިޝަންޑު އޮފިސަރެއްގެ މަގާމަށް އަންޔަނު ކުރެވުނު ދެ ވަނަ އަންހެން ފުލުހަކީ މިރުފަތު ފާއިޒްއެވެ. އަދި ތިން ވަނަ އޮފިސަރެއްގެ ގޮތުގައި އިޒްމިއާ ޒާހިރު ވެގެންދިޔައެވެ. މި ތިން ކަނބަލުންގެ ތެރެއިން މިހާރު ފުލުހުންގެ ހިދުމަތުގައި ހުންނެވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ.

މުޅި ރާއްޖެއަށް އަންހެން ފުލުހުންގެ ޚިދުމަތް ފުޅާވެގެން ދިއުން

ފުލުހުންގެ ޚިދުމަތް ފުޅާވެ، ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހުމާއެކު ފިރިހެން ފުލުހުންނެކޭ އެއްފަދައިން އަންހެން ފުލުހުން ވެސް އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތް ކުރަން ފެށިއެވެ. ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައާއި ޕެޓްރޯލް މަނުންގެ ގޮތުގައެވެ. އެގޮތުން އެންމެ ފުރަތަމަ ޕޮލިސް ސްޓޭޝަނެއްގެ އިންޗާޖެއްގެ ގޮތުގައި އަތޮޅު ޕޮލިސް ސްޓޭޝަނެއްގައި މަސައްކަތްކުރި އަންހެން ފުލުހަކީ އަސްރާރު މުހައްމަދެވެ. އަސްރާރު ވަނީ 2003 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކޮށްފައެވެ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އިންޗާޖެއްގެ ގޮތުގައި ދެ ވަނަ އަށް މަސައްކަތްކުރި އަންހެން ފުލުހަކީ މިހާރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މަރިޔަމް އަޒުމާ އެވެ.

undefined

އަތޮޅުތަކެކޭ އެއްފަދައިން މާލޭގައިވެސް އަންހެން ފުލުހުންގެ ޚިދުމަތް ފުޅާވެގެން ދިޔައެވެ. ކުރިން ކޮމާންޑު ސެންޓަރާއި އިންވެސްޓިގޭޝަން އޮފިސަރ އަދި އެޑްމިން މަސައްކަތްތައް އަންހެން ފުލުހުން ކުރަމުން ދިޔަ ނަމަވެސް މަގުމަތީގައި ފޯރިމެރުމާއި، ކުށުގެ ވެއްޓަށް ދިއުމާއި، ކުށްވެރިން ބެލެހެއްޓުމާ، އަދި ފޮރެންސިކް ތަހުލީލުތަކުގައާއި ވިލީ ފުލުސް ތަކުގެ އިންޗާޖުކަމުން ފެށިގެން ކޮމާންޑަރުންގެ ލެވެލްގައި ވެސް އަންހެން ފުލުހުންގެ ދައުރު ދުވަހެއް ދުވަހަކަށް ފުޅާވަމުން ދިޔައެވެ.

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ އަންހެނުން އިތުރުކޮށް މުޅި ރާއްޖެއަށް އަންހެން ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

މިގޮތުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްސަފުގައި ގިނަ އަންހެން ފުލުހުން މަސައްކަތްކުރަމުން ގެންދާއިރު، އަތޮޅު ކޮމާންޑަރުންގެ ގޮތުގަ އާއި ރީޖަން ކޮމާންޑަރުންގެ ގޮތުގައި ވެސް އަންހެން ފުލުހުން ހަރަކާތްތެރިވަމުންދާކަމީ 33 އަހަރުވީ އަންހެން ފުލުހުންގެ ހިދުމަތަށް ލިބިފައިވާ އިތުރު ކާމިޔާބީއަކާއި ކުރިއެރުމެކެވެ. އަދި އެއީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބޭ ފަހުރަކާއި ޝަރަފެކެވެ.

ފުލުހުންގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުގައި ފުރަތަމަ ފަހަރަށް އަންހެން ފުލުހުން

މާޗް 9، 2021 ގައި ފުރަތަމަ ފަހަރަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކު ތިން އަންހެން ފުލުހަކަށްވަނީ ލިބިފައެވެ. އެއީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރުއާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާއެވެ. ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އިތުރުން ކޮމިޝަންޑު އޮފިސަރު ރޭންކުތަކާއި ސީނިއާ ނޮން ކޮމިޝަންޑު އޮފިސަރުންގެ ރޭންކުތަކުގައި ވެސް އަންހެން ފުލުހުން މިއަދު މަދެއް ނޫނެވެ.

ވަކިން ހާއްސަކޮށް ޑިރެކްޓަރުގެ މަގާމާ ހަމައަށް އަންހެން މުވައްޒަފުން ފުލުހުންގެ ޚިދުމަތުގައި މިއަދު މަސައްކަތް ކުރަމުންދާކަމީ ވެސް އުފާކުރާ ކަމެކެވެ.

ދިވެހި އަންހެން ފުލުހުންގެ ޚިދުމަތުގެ ހަލުވި ދުވެލި

ދިވެހި އަންހެން ފުލުހުންގެ ޚިދުމަތުގެ ދުވެލި މިއަދު މިވަނީ އަތުނުޖެހޭ މިންވަރަށް ހަލުވިވެ ކުރިއަރާފައެވެ. އެގޮތުން، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ފުލުހުންގެ އެކި ތަމްރީނުތައް ފުރިހަމަކޮށްފައިވާ ގާބިލު އަންހެން ފުލުހުންނާއި އަންހެން ސިވިލް މުވައްޒަފުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުގައި އެބަ ތިއްބެވެ. ވަކިން ހާއްސަކޮށް ފުލުހުންގެ ޚިދުމަތުގައި އަންހެން ޑައިވަރުންނާއި، ޑްރައިވަރުން އަދި އަންހެން މެކޭނިކުން ފަދަ ކުރިން މި ޚިދުމަތުގައި އަންހެނުން މަސައްކަތް ނުކުރާފަދަ ދާއިރާތަކުން ވެސް އަންހެން މުވައްޒަފުން ތަމްރީނުވެ ފެންނަމުންދާކަމީ މިކަމުގެ އަލިގަދަ ހެއްކެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ފުލުހުންގެ ހިދުމަތުން ވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގެ ނަމުގައި ކޮމެޓީއެއް ވެސް އުފައްދާފަ އެވެ.

undefined

މި ކޮމެޓީ އަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ މަގުސަދުތަކާއި، އިސްތިރާޖީ އަމާޒުތަކުގެ ގޮތުގައި ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަންހެން މުވައްޒަފުންގެ ދައުރު ފުލުހުންގެ ތެރޭގައި ވީހާވެސް ފުޅާކޮށް، ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަކީ އަންހެނުން ޝައުގުވެރިވާނެ ވަޒީފާއެއްގެ ގޮތުގައި ކުރިއަރުވައި ދެމެއްޓުމަށް މަސައްކަތްކުރުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްފައިވާ އަންހެން މުވައްްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި، ކޮމިޝަނަރަ ގާނޫނުން ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ދަށުން އުފައްދާފައިވާ ކޮމެޓީއެކެވެ.

މިއަދު ފާހަގަކުރަމުން މިދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަނބަލުންނަށާއި އެ ކަނބަލުންގެ އާއިލާތަކަށް އަރިސްކުރަމެވެ.

އެޑިޓަރުގެ ނޯޓް: މިއީ މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅުވައިގެން ފުލުހުންގެ ވެބްސައިޓްގައި ޝާއިއު އާޓިކަލްއެއް

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ