logoEN
cocacola
ފައިސާ ނުދައްކާތީ ޕީއެސްއެމް ނިއުސްގެ ވެބްސައިޓް ޑައުންކޮށްފި

ފައިސާ ނުދައްކާތީ ޕީއެސްއެމް ނިއުސްގެ ވެބްސައިޓް ޑައުންކޮށްފި

# ޕީއެސްއެމް

maxresdefault

ފައިސާ ނުދައްކާތީ ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް) ގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓް ޑައުންކޮށްލައިފިއެވެ.

ގޮސިޔާ

ޕީއެސްއެމްގެ އޮފިޝަލަކާ ހަވާލަދީ ސަން އޮންލައިންގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ވެބްސައިޓް ޑައުންކޮށްފައިވަނީ ވެބް އޮޕަރޭޓަރަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފަައިސާ ނުދައްކާ ހުރުމުންނެވެ.

"މަދުވެގެން 2000 ރުފިޔާ ދައްކައިގެން އަލުން ވެބްސައިޓް އަޕްކުރެވޭނީ. ދެން ފައިނޭންސުން ބުނީ ނެތޯ ލާރިއެއް މިވަގުތު. ހަތަރުވަރަކަށް ދުވަސް ވާނެއޭ ބުނީ،" އޮފިޝަލް ވިދާޅުވިއެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދު އާ ހަވާލާދީ ސަންއޮންލައިން ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެފަދަ އެއްވެސްކަމެއް ހިގާފައެއް ނުވާ ކަމަށާއި، ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ.

undefined

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ޕީއެސްއެމްގެ ވެބްސައިޓްވަނީ ޑައުންކޮށްލާފައެވެ. އަދި އަލުން ވެބްސައިތް އަޕްކުރެވޭ ކަމަށްވަނީ މަދުވެގެން 2000 ރުފިޔާ ދެއްކުމުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ޕީއެސްއެމްއަކީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ބެޖެޓުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ ދައުލަތުގެ މިޑިއާއެވެ. ދައުލަތުގެ ބަޖެޓުގެ އިތުރުން ސްޕޮންސަރުންގެ މާލީ އެހީތެރިކަންވެސް ޕީއެސްއެމް އިން ހޯދައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ