logoEN
cocacola
އިންކުއަރީ ރިޕޯޓް ވަރަށް ފުރިހަމަ - ނަޝީދު

އިންކުއަރީ ރިޕޯޓް ވަރަށް ފުރިހަމަ - ނަޝީދު

# މަޖިލިސް# ރައީސް ނަޝީދު# 241 ކޮމިޓީ

caaca0df-f1f2-40f4-8ad2-31ebf0772694-e1621345107806

މޭ މަހުގެ 6 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓަކީ މިފަހުގެ ތާރީހެއްގައި މަޖިލީހުން އެކުލަވާލި ރިޕޯޓްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް ރިޕޯޓް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެ ރިޕޯޓާއި ގުޅިގެން މިއަދު ރައީސް ނަޝީދު ކުރެއްވި ޓުވިޓުގައި ވިދާޅުވީ، މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓަކީ މި ފަހުން މަޖިލީހުން އެކުލަވާލަމުން ގެންދާ ރިޕޯޓްތަކުގެ ތެރެއިން ވެސް ފުރިހަމަ ރިޕޯޓެއް ކަމަށެވެ.

މަޖިލީހުގެ 241 ކޮމިޓީން އިއްޔެ އާއްމު ކުރި ގާތްގަނޑަކަށް 270 ގަނޑުގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިމަނައިފައެވެ.

Majlis ge 241 Committee ge Inquiry Report akee mi fahun Majlis in ekulavaalamun gendhaa report thakuge theyreinves furihama report eh. Committee ge muqarir aai menbarun adhi staffunnah varah bodah marhaba. Majlis 19 thafaathuvaanehttps://t.co/veLj8FpsI7

— Mohamed Nasheed (@MohamedNasheed) July 9, 2021

އެރިޕޯޓުގައި ފާހަގަ ކޮށްފައިވާ ބައެއް މައުލޫމާތަށް ބަލާއިރު، ހަމަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިހުމާލު ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ފައިސާ ދީގެން ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބަޔަކު މީހުން އުޅޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، މާރިޔާއަށް ދެންނެވުމުން އެކަން ކަމާ ބެހޭ އިދާރާތަކާއި އެކަމަނާ ހިއްސާ ނުކުރައްވާ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހްމާލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމުކުރާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވުމެވެ.

މަޖިލީހުން އާއްމު ކޮށްފައިވާ އެ ރިޕޯޓަކީ ގައުމީ ސަލާމަތީ އިދާރާތަކާއި އެހެނިހެން ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިން ހަޒިރުކޮށްގެން މައުލޫމާތު ނަގައި އެމައުލޫމާތަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ