
ރައީސް ނަޝީީދު ގާނާގައި
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ގާނާއަށް ދިރުއުޅުން ބަދަލުކުރައްވައިފި އެވެ.

މިކަން ހާމަކުރައްވާ ރައީސް ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހަރުތަކެއް ވަންދެން ދެން ދިރިއުޅުއްވަމުން ގެންދަވާނީ ގާނާގައި ކަމަށެވެ.
އެގޮތުން މިއީ ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެެއްވުމާއި ގުޅިގެން މަގާމުގެ ޒިންމާތަކާއި ހަވާލުވެވަޑައިގެން، މަސައްކަތްތައް ފެއްޓެވުމަށްޓަކައި ނިންމެވި ނިންމެވުމެއް ކަން ރައީސް ނަޝީދު ހާމަކުރެއްވި އެވެ. ގާނާއަކީ ސީވީއެފް ހޯސްޓް ކުރާ ގައުމެވެ.
ރައީސް ނަޝީދު ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ.
އެމަގާމާއި ހަވާލުވެވަޑައިގެން ރައީސް ނަޝީދު ވަނީ ރާއްޖޭެގެ ސިޔާސީ ކަންކަމާއި ދުރަށް ވަޑައިގެންނެވި ކަން ހާމަކުރައްވާފައި އެވެ. އަދި ދެން އެނބުރި ސިޔާސީ މައިދާނަށް ވަޑައިގަންނަވާނި އަހަރުތަކެއް ފަހުން ކަން ހާމަކުރައްވާފައި އެވެ.
ރައީސް ނަޝީދު ދިރިއުޅުން ގާނާއަށް ބަދަލުކުރެއްވި އިރު މީގެ ދެތިން ދުވަސްކުރިން އެމަނިކުފާނު ވަނީ ކައިވެންޏެއް ބައްލަވައިގެންފައި އެވެ.
ގުޅުންހުރި

ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން - ނަޝީދު

ރައީސް އަޒުލުކުރަން އިންޑިއާއިން ރޭވި ކަމުގެ ތުހުމަތަށް ނަޝީދުގެ ރައްދު: އިންޑިއާއިން އެފަދަ ކަމެއް ނުކުރާނެ!

އަނަންތު އަމްބާނީގެ ކައިވެނީގެ ހަފަލާގައި ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި, ހުންނެވީ ވަރަށް ނަލަކޮށް!
