
2A9CA783-E1F5-46BE-8600-28C0170F8D7B
އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވި، މަޝްހޫރު ޓިކްޓޮކް ތަރި، މަރިޔަމް ޝިފާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުން ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. މީގެ ކުރިން ފުލުހުން ވިދާޅުވީ، އެ ވީޑިއޯތަކުގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ޝިފާ ކަމަށް ބެލެވޭ މީހަކާއި އިތުރު އަންހެނަކު ބައިވެރިވެގެން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފެށީ މިިދިޔަ މަސް ތެރޭގައެވެ.
އެ ވީޑިއޯއާ ގުޅިގެން ޝިފާ ބުނީ، މީސް މީޑިއާގައި ދައުރު ވަނީ "ޑީޕް ފޭކް" އެޑިޓް ވީޑިއޯއެއް ކަމަށެވެ. އަދި އެއީ އޭނާގެ އަގުވައްޓާލަން ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށް ޝިފާ ބުނެފައި ވެއެވެ.
ޝިފާގެ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އޭނާ ވަނީ މި ނިމުނު ބޮޑު އީދުގައިވެސް އެކި ރަށްރަށަށް ގޮސް އީދު ޝޯ ހުށައަޅައިދީފައެވެ.