logoEN
Sto top
އަލީ ރަމީޒްގެ ޓްވިޓާ އެކައުންޓް ރިލީޒްކޮށްފި

އަލީ ރަމީޒްގެ ޓްވިޓާ އެކައުންޓް ރިލީޒްކޮށްފި

# އަލީ ރަމީޒް# ޓްވިޓާ

img_md_202010020709381601647778.2866

ސަލަފް ޖަމިއްޔާގެ ދީނީ ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓު މިދިޔަ ހަތަރު ދުވަހު ސަސްޕެންޑް ކޮށްފައި އޮތުމަށް ފަހު، ޓްވިޓާއިން މިއަދު އެ އެކައުންޓް ރިލީޒްކޮށްފިއެވެ.

Wamco

އަލީ ރަމީޒުގެ އެކައުންޓް އަލުން ލިބުމުން ކުރި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރުމުން އެކައުންޓް އަލުން ހޯދައިދިނުމަށް ވަރަށް ގިނަ ބޭފުޅުން އެކި ގޮތްގޮތަށް މަސައްކަތް ކޮށްދިން ކަމަށާއި އެ ކަމުގައި އެހީތެރިވި ކޮންމެ ބޭފުޅަކަށް ވެސް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އަލީ ރަމީޒަށް ޓްވިޓާގައި ފޮލޯކުރާ 28،300 އެއްހާ މީހުން ތިއްބެވެ. މިއީ ރާއްޖޭގެ ނިސްބަތުން ގިނަ އަދަދަކަށް މީހުން ފޮލޯ ކުރާ އެއް އެކައުންޓެވެ.

އަލީ ރަމީޒުގެ އެކައުންޓް ސަސްޕެންޑް ކުރީ ފަލަސްތީނަށް ތާއިދުކޮށް މާލެ ކަައިރީ ލޯންޗް ބުރެއް ބޭއްވި ވީޑިއޯއެއް އާއްމު ކުރިތާ އިރުކޮޅެއް ފަހުންނެވެ.

ފަލަސްތީނަށް އިސްރާއީލުން އުދުވާނީ ހަމަލާތައް ދޭން ފެށިފަހުން ފަލަސްތީނަށް ތާއިދުކޮށް އަދި އިސްރާއީލަށް ފާޑުކިޔާފައި ޓްވީޓް ކުރާ އެތައް އެކައުންޓެއް ޓްވިޓާ އިން ސަސްޕެންޑް ކޮށްލާފައި ވެއެވެ. އެކަމާއި ގުޅިގެން ޓްވިޓާ އަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside