logoEN
cocacola
ބޮމުގެ ހަމަލާގައި މާރިޔާގެ އިހުމާލެއްވާނަމަ ޖަވާބުދާރީ ކުރުވާނަން - ކޮމިޓީ

ބޮމުގެ ހަމަލާގައި މާރިޔާގެ އިހުމާލެއްވާނަމަ ޖަވާބުދާރީ ކުރުވާނަން - ކޮމިޓީ

# މަޖިލިސް# ރައީސް ނަޝީދު# މިނިސްޓަރު މާރިޔާ

kXelAndgyTmvHtWzDJsB

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލައިގެ ތަހުގީގުގެ ތެރެއިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްސަލައެއް ފާހަގަވެއްޖެނަމަ މިނިސްޓަރު ޖަވާބުދާރީ ކުރުވާނެ ކަމަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

241 ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވަނީ އެ ކޮމިޓީއިން ކުރިއަށް ގެންދާ އިންކުއަރީއާ ގުޅޭ ގޮތުން މައުލޫމާތުތަކެއް ޚިއްސާ ކުރައްވައިފައެވެ. މި ގޮތުން ތަޖުރިބާކާރުންނާއި ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަން ހޯދަމުންދާ ކަން ފާހަގަކުރެއްވިއެވެ. އެންމެ ބޮޑު ކަމަކަށް ބަލަމުން ދަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތަކާ ގުޅޭ ގޮތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ކޮމިޓީގެ މަސައްކަތް ބިނާވެފައިވަނީ ހަމަލާގެ ތަހުގީގެއް ހިންގުމަށް ވުރެ ބޮޑަށް އެފަދަ ހަމަލާއެއް ކުރިމަތިވި ސަބަބުތައް ދެނެގަތުން ކަމަށް ވާތީ، މާރިޔާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ކޮމިޓީން ބަލަމުން ނުދާ ކަމަށެވެ.

އެހެން ވިޔަސް، ފުލުހުން ކުރަމުންދާ ތަހުގީގުގެ ތެރެއިން މިނިސްޓަރު މާރިޔާގެ މައްސަލައެއް ފާހަގަވެއްޖެނަމަ، 241 ކޮމިޓީއަށާއި މަޖިލީހަށް ލިބިދީފައިވާ ބާރެއްގެ ތެރެއިން މާރިޔާ ވެސް ޖަވާބުދާރީ ކުރުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ތަހުގީގުގެ ތެރެއިން ތިފަދަ މައްސަލައެއް ފެންމަތި ވެއްޖެނަމަ، އެއީ މިނިސްޓަރު މާރިޔާ ދީދީ ކަމުގައި ވިޔަސް، ކޮމިޓީއާއި މަޖިލީހަށް ލިބިދީފައިވާ ބާރުގެ ތެރެއިން އެ ސުވާލު ކުރެވޭނެ. އެ ސުވާލަށް ޖަވާބު ވެސް ހޯދޭނެ." ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވިދާޅުވިއެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ކުރިން މެންބަރު އިލްޔާސް ވަނީ ރައީސް ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ކަން މާރިޔާއަށް ފޯނުން ގުޅުއްވައި އަންގަވައިފައެވެ. އެ ކަން ފުލުހުންނަށް އަންގަވަން އިލްޔާސަށް އެންގެވި ކަމަށް މާރިޔާ ވިދާޅުވާއިރު، އިލްޔާސް ވިދާޅުވަނީ ފުލުހުންނަށް އެ ކަން އަންގަވަން މާރިޔާ އަންގަވާފައިނުވާ ކަމަށެވެ.

ރައީސް ނަޝީދަށް ދެވުނު މި ހަމަލާއާ ގުޅިގެން މިހާތަނަށް ހަރުކަށި ފިކުރާ ގުޅުން ހުރި ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، މިހާތަނަށް އައި އިރު ހަމަލާ ދިނުމުގައި ފަންޑު ކުރި ގޮތަކާއި ހަމަލާގެ ފަހަތުގައި އިތުރު އެހެން ކަމެއް ހިމެނޭ ކަމެއް ތަހުގީގީ އިދާރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެކަމަކު ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވުމުން މިނިސްޓަރު މާރިޔާއަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެގެން އައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ