logoEN
Sto top
އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފި

އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފި

ގާފު އެޑިޓޯރިއަލް

logo

5/22/2021, 12:10:05 PM

# އަލީ ރަމީޒް

img_md_202010020709381601647778.2866

ލަވަ ކިޔުން ހުއްޓާލުމަށްފަހު ދީނީ ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތުގައި އުޅޭ އަލީ ރަމީޒުގެ އެކައުންޓް ސަސްޕެންޑް ކޮއްފިއެވެ.

Wamco

އަލީ ރަމީޒު ޓުވިޓާ އެކައުންޓު ސަސްޕެންޑު ކުރި ކަމަށް ބެލެވެނީ މިރޭގެ ވަގުތެއްގައި އެވެ. އަލީ ރަމީޒް ވަނީ އެކަން އޭނާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އޭނާ ވަނީ މިއަދު ހަވީރު ފަލަސްތީނަށް ތާއީދުކޮށް ކަނޑުމަތީގައި ބޭއްވި ހަރަކާތުގެ ވީޑިއޯ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ޓުވިޓާ އާއި ފޭސްބުކްގައި ވަގުތުން އާންމު ކޮށްފަ އެވެ.

އަލީ ރަމީޒް ވިދާޅުވީ ސަސްޕެންޑް ކުރި ސީދާ ސަބަބު އެނގިފައިނުވާކަމަށާއި އެކައުންޓް އަނބުރާ ހޯދުމަށް ރީ އެޕީލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމުގައެވެ. މިފަހުން އޭނާ ގެންދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެ ގައުމަށް ވަރަށް ބޮޑަށް ފާޑުކިޔައި، ފަލަސްތީނުގެ ދިފާއުގައި ގިނަ ޓްވީޓްތަކެއް ކުރަމުންނެވެ.

އަލީ ރަމީޒުގެ އެކައުންޓް ސަސްޕެންޑްކުރި ސަބަބެއް ކަމަށް ޓްވިޓާއިން ބުނެފައިވަނީ ޓްވިޓާ ރޫލްސްތަކާ ހިލާފުވެފައިވުމެވެ. ޓްވިޓާއިން އެކުލަވާލައިވާ ރޫލްސްގައިވާ ކަންކަމާއި ހިލާފުވާނަމަ ޓުވިޓާއިން އެ އެކައުންޓެއް ސަސްޕެންޑް ކުރަމުންދެއެވެ. މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް އިސް ބޭފުޅުންގެ ޓުވިޓާ އެކައުންޓް ސަސްޕެންޑް ކޮއްފައި ވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside