logoEN
Sto top
މިސްކިތްތައް ހުޅުވަން އަލީ ރަމީޒް ގޮވާލައިފި

މިސްކިތްތައް ހުޅުވަން އަލީ ރަމީޒް ގޮވާލައިފި

# ކޮވިޑް19# އަލީ ރަމީޒް

img_md_202010020709381601647778.2866

ކޮވިޑް19 އާ ގުޅިގެން މިސްކިތްތައް ބަންދު ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

Wamco

އަލީ ރަމީޒް އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކަށް އެއްގޮތަކަށް ވެސް ނުވަދެވޭ ގޮތަށް މިހާ ހަރުކަށިކޮށް މިސްކިތްތައް ބަންދު ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ދިރިއުޅޭ ތަންތަނަކީ ފަސޭހަ އިން ނަމާދު ކުރެވޭ ގޮތަށް ހުންނަ ތަންތަނެއް ނޫން. މިސްކިތްތައް ހުޅުވާ،" ރާއްޖޭގެ ނޫހަކުން ގެނެސް ދިން ދެ ހަބަރެއްގެ ސްކްރީން ޝޮޓާއެކު އަލީ ރަމީޒް ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލިއެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން، މާލެ، ވިލިމާލެ އަދި ހުޅުމާލެ މިސްކިތްތައް އާންމުންނަށް ނުވަދެވޭނެ ހެން ވަނީ ބަންދުކޮށްފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނަ އިރު މި ބަލި މިހާތަނަށް އައިއިރު 61،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ. އަދި މި ބަލީގައި 157 މީހަކު ނިޔާވެ، 24،000 އަށް ވުރެ ގިނަ މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside