logoEN
cocacola
ޚިޔާނާތުގެ މައްސަލާގައި ދައުވާކޮށްފިނަމަ އިސްތިއުފާ ދޭނަން - މަހްލޫފް

ޚިޔާނާތުގެ މައްސަލާގައި ދައުވާކޮށްފިނަމަ އިސްތިއުފާ ދޭނަން - މަހްލޫފް

# އަހްމަދު މަހްލޫފް# އެމްއެމްޕީއާރުސީ ޚިޔާނާތް# ޔޫތް މިނިސްޓަރ

big_B2qiXerrC4bIMSD

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ މީހުންގެ ލިސްޓަކީ ސިޔާސީ ބަޔަކު އެކުލަވާލި ލިސްޓެއް ކަމަށާއި އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްފި ނަމަ، މަގާމުގައި ނުހުންނަވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ހިޔާނާތުގެ ލިސްޓުގައި މަހްލޫފްގެ ނަން އޮތުމާއި ގުޅޭ ގޮތުން ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިޔާނާތުގެ ލިސްޓަކީ ސީޔާސީ ބަޔަކު އެކުލަވާލި، އަދި އެ މައްސަލައާ ސީދާ ގުޅުންނެތް އެތައް ބައެއްގެ ވެސް ހައްގުތައް ގެއްލިގެން ދިޔަ ލިސްޓެއް ކަމަށެވެ.

"ލިސްޓުގައި ނަން އޮތުމަކީ ކުށްވެރިވުމެއް ނޫން އަދި އެކަމުގައި ބައިވެރިވުމެއް ވެސް ނޫން" މަހްލޫފް ވިދާޅުވިއެވެ.

މަޖިލީހުން އާންމުކުރި ހިޔާނާތުގައި ލިސްޓުގައިވާ ގޮތުންނަމަ މަހްލޫފްގެ މައްސަލަ އޮތީ ދައުވާކުރުމުގެ މަރުހަލާގައެވެ. އެކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ، ދައުވާކޮށްފިނަމަ ވަޒީރުކަމުގެ މަގާމުގައި އެންމެ ދުވަހަކުވެސް ނުހުންނަވާނެ ކަމަށެވެ.

"ދައުވާއެއް ކޮށްފިނަމަ މި މަގާމުގަ އެންމެ ދުވަހަކުވެސް ނުހުންނާނަން" މަހްލޫފް ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުރެ ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުންތައް ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. އަދި ލިސްޓުގެ ސައްހަ ކަމާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. ލިސްޓުގައި ނަން ނެތް ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ކޮމިޝަންގެ ތަހުގީގާ މެދު ސުވާލު އުފައްދަވަމުންނެވެ. ދެ އަހަރާއި ބައި ވެގެން އައިއިރު ވެސް ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަ ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރެއިން މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ދުރުވުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެކުރިން ހާމަކުރި ހިޔާނާތުގެ ލިސްޓްގައި މަހްލޫފްގެ ނަން އޮތުމުން ގޭގައި މަޑުކުރެއްވުމަށް އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިއެވެ. މަހްލޫފް އޭރު ވިދާޅުވެފައި ވަނީ އެއްވެސް އިރެއްގައި ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި އެއީ އޭނާ ޑޮލަރު ގަނެގެން ލިބުނު ފައިސާ ކަމުގައި ވިދާޅުވެއެވެ. އޭރު އޭސީސީން އެކަނި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، ރައީސް އޮފީހަށް މަހްލޫފްގެ މައްސަލައެއް ނެތް ކަން އެންގުމުން މަހްލޫފް އަލުން ވަޒީފާއަށް ނުކުމެވަޑައިގަތީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ