logoEN
cocacola
ބައެއް އަންހެނުންނަށް ނިދަން އުނދަގޫވާ ސަބަބު!

ބައެއް އަންހެނުންނަށް ނިދަން އުނދަގޫވާ ސަބަބު!

އަޙްމަދު ޖަމީލު

logo

11/21/2020, 3:02:30 PM

# އަންހެނުން# ސިއްހަތު

https___prod.static9.net.au___media_Network_Images_2016_08_26_14_48_woman-cant-sleep-160826

ބައެއް އަންހެނުންނަށް ނިދަން އުދަނގޫވެ ރަނގަޅަށް ނުނިދިގެން އުޅެއެވެ. އަދި އެއީ ކިހިނެއްވާ ކަމެއްކަން ނޭނގިގެން އެކަމަށް ރަނގަޅު ހައްލެއް އަދި ނުލިބެއެވެ. ނަމަވެސް މޮންޓްރިއަލްގައި ހުންނަ މެކްގިލް ޔުނިވަސިޓީގެ ދިރާސާއަކުން ވަނީ ބައެއް އަންހެނުންނަށް ނިދަން އުނދަގޫވާ ސަބަބު ހޯދާދީފައިއެވެ.

ގޮސިޔާ

މި ދިރާސާކުރެއްވި ޔުނިވަސިޓީގެ ސައިކިއޭޓްރީ ޕްރޮފެސަރު ޑރ. ޑަޔާން ބޮއިވިއަން ވިދާޅުވަނީ އަންހެނުންނަށް ލަހުން ނިދެނީ އެ މީހުންގެ 'ބަޔޮލޮޖިކަލް ޓައިމް' އިރުމައްޗަށް ޖެހި، އަވަސްވެފައި ހުންނާތީއެވެ. އޭނާ ވިދާޅުވަނީ އަންހެނުން ނިދާ ވަގުތާއި ފިރިހެނުން ނިދާ ވަގުތުގައި ތަފާތު ހުންނަ ކަމަށާއި އެކަން ބިނާވެގެން ވަނީ ޖިންސުގެ ތަފާތުން ހަށިގަނޑުން ވަގުތު ގުނާ ގޮތުގައި ހުންނަ ތަފާތެއްގެ ސަބަބުން ކަމަށެވެ. މި ތަފާތަށް ބަލާއިރު ނިދުމާއި ނިދާ ހޭލުމުގައި އަންހެނުން އެވްރެޖް ގޮތެއްގައި ދެ ގަޑިއިރު އަވަސް ވާނެ ކަމަށް ދިރާސާގައި ލަފާކޮށްފައިވެ އެވެ.

ނެޝަނަލް ސްލީޕް ފައުންޑޭޝަނުން ބުނާ ގޮތުގައި ނިދި މަދުވުމުގެ މައްސަލަ ހުންނަ ކަމަށް އެންމެ ގިނައިން ރިޕޯޓްކުރަނީ ވެސް އަންހެނުންނެވެ. އަދި ނިދި ހަމަނުވުމުގެ ސަބަބުން ދުވާލުގެ ވަގުތުގައި ނިދި އައިސްފައި ހުރުން ފަދަ މައްސަލަތަކާ އަންހެނުންނަށް ދިމާވާ ކަމަށް ވެސް އެޖަމިއްޔާގެ ރިކޯޑްސް ތަކުން ދައްކައެވެ.

ދިރާސާއާ ބެހޭ ގޮތުން ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ މިއީ ނިދީގެ މައްސަލަތަކަށް ފަރުވާ ކުރުމުގައި ވިސްނުން ބަހައްޓަންވީ މުހިންމު ކަންތައް ސަމާލުކަމަށް ގެނެސްދިން ދިރާސާއެއް ކަމަށެވެ. އަދި މި ދިރާސާގެ ސަބަބުން ރަނގަޅަށް ނުނިދޭ އަންހެނުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް މެކްގިލް ޔުނިވަސިޓީން ގަބޫލު ކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ