logoEN
Sto top
ޔަހޫދީ އިސްރާއިލުން ގައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

ޔަހޫދީ އިސްރާއިލުން ގައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

# ފަލަސްތީނު# ޚާރިޖީ ވަޒީރު# އަބްދުالله ޝާހިދު

big_YKoetEV1spMVwKAaF4eJY1SoD

ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ އާއްމުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

Wamco

ރާއްްޖެއިން މިގޮތަށް ގޮވާލާފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ސައޫދީ އަރަބިއްޔާގެ އިސްނެގުމަކަށް ބޭއްވި މި ބައްދަލުވުމަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ދެމުންދާ އުދުވާނީ ޙަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ، އިސްރާއީލް ސިފައިން ހިފާފައިވާ އިރުމަތީ ގުދުސް އަދި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ކުށްވެރިކުރައްވާ ކަމަށެވެ.

އަދި ޝެއިޚް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، އަލްއަޤްޞާ ގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ޙަމަލާދިނުމާއި އަދި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އަދި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އަދި މެދުއިރުމަތީގެ ސުލްހަށް އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރު ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެވިފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމްކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޯ.އައި.ސީގެ ބައްދަލުވުން ނިންމާލާފައިވަނީ ޙަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާ އަދި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެފައިވާތީ އެކަން ކުށްވެރިކޮށް ބަޔާނެއް އެޑޮޕްޓްކުރުމަށްފަހުއެވެ.

57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީއިން ގެންދަނީ މެދުނުކެނޑި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް، "ޓޫ ސްޓޭޓް ސޮލިއުޝަން" އަށް ގޮވާލަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside