
"ކޮމަންވެލްތާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އިތުރަށް މަސައްކަތް ކުރާނަން"
# ޚާރިޖީ ވަޒީރު# ކޮމަންވެލްތް-
ކޮމަންވެލްތާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފި އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު ކަމަށްވާ މާލްބަރާ ހައުސްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވަޒީރު އިރުތިޝާމް އާދަމް ވަނީ މިކަން ޔަގީންކޮށްދެއްވާފަ އެވެ.
ވަޒީރު ވަނީ ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި މިއީ ބައިނަލްއަގުވާމީ ގުޅުންތައް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވި މުހިންމު ބައްދަލުވުމެެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވި އެވެ.
މީގެއިތުރުން މިކަމާ ގުޅިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ ބޮޗްވޭ ސޯޝަލް މީޑިއާގައި ވިދާޅުވީ ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ހިމެނޭ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތަކަށް އިސްކަންދޭ ކަންކަމުގައި ރާއްޖެއިން އަދާކުރަމުންދާ އިސް ދައުރާއި ގާތް ގުޅުން ބަލައިގަންނަ ކަމަށެވެ."ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ކުދި ދައުލަތްތަކާއި ޖަޒީރާ ޤައުމުތަކުގެ އިސްކަންދޭ ކަންކަމުގައި ވަކާލާތު ކުރުމުގައި ރާއްޖެއިން ދައްކުވައިދޭ އިސްނެގުމާއި ބާއްވާ ގާތް ގުޅުން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
މާލްބަރާ ހައުސްއިން ވަޒީރު އިރުތިޝާމް އާދަމްއަށް މަރުހަބާ ދެންނެވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އަދި މިއީ ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.
ގުޅުންހުރި

"ކޮމަންވެލްތާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އިތުރަށް މަސައްކަތް ކުރާނަން"

ކޮމަންވެލްތުގެ ދެމެހެއްޓެނިވި ހަކަތައިގެ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ޚާރިޖީ ވަޒީރު އަބްދުالله ޚަލީލަށް އެކްސްގައި ލަންކާ މީހަކު މަރުގެ އިންޒާރުދީފި




