logoEN
WAMCO TOP 1
ރައްޔިތުންގެ ބަހެއް ނެތި ކައުންސިލްތަކުގެ ބިންތައް ނެގުމަކީ ޚުދުމުޚުތާރު އަމަލެއް: ޝާހިދު

ރައްޔިތުންގެ ބަހެއް ނެތި ކައުންސިލްތަކުގެ ބިންތައް ނެގުމަކީ ޚުދުމުޚުތާރު އަމަލެއް: ޝާހިދު

އަހުމަދު ޝުރާއު

logo

8/10/2026, 9:19:46 AM

# އަބްދުالله ޝާހިދު

-

ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި، ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ރައްޔިތުންގެ ބަހެއްނެތި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ އިސްލާހަކީ ސީދާ ދިވެހި ރައްޔިތުންނާ ދެކޮޅަށް ސަރުކާރުން ހިންގާ ޚުދުމުޚުތާރު އަދި އަނިޔާވެރި އަމަލެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސާސުން ބިންތަކާއި ތަންތަން މައި ސަރުކާރުން ބޭނުން އިރެއްގައި ވަކިކޮށް، އެ ތަންތަން ސަރުކާރުން ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެންނެވެ. ޝާހިދު ވަނީ މިކަން ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި މި މައްސަލައިގައި އެމްޑީޕީ އޮންނާނީ ދިވެހި ރައްޔިތުންނާއި ކައުންސިލުތަކާ އެކުގައި ސާބިތުވެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް މި ބޮޑު ބަދަލު ގެނައުމަށް މަޖިލީހަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ މިނިވަން މެންބަރެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް، މަޖިލީހުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އެކީގައެވެ.

މިހާރު ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން (ކެބިނެޓުން) ނިންމުމަށްފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވެގެންދާނެއެވެ. އަދި އޭގެ ފަހުން އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމަކަށް ނުވަތަ ތަނަކަށް ބަދަލުވެގެންދާނެއެވެ.

މީގެ އިތުރުން، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިންވެސް، ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދިއްޖެ ހާލަތެއްގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހޭނެކަމަށްވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ. އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ދަނީ މިއީ ލާމަރުކަޒީ ނިޒާމުގެ ރޫހާ ޚިލާފު، ކައުންސިލްތަކުގެ ބާރު ކަނޑުވާލާނެ ކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC