logoEN
Sto top
އދ ގެ ނައިބު ރައީސަކަށް ރާއްޖެ އިންތިހާބުވުމުން ޝާހިދުގެ މަރުހަބާ ސަރުކާރަށް!

އދ ގެ ނައިބު ރައީސަކަށް ރާއްޖެ އިންތިހާބުވުމުން ޝާހިދުގެ މަރުހަބާ ސަރުކާރަށް!

އަހުމަދު ޝުރާއު

logo

6/2/2025, 6:33:58 PM

# އަބްދުالله ޝާހިދު

--

އދ ގެ 80 ވަނަ އާންމު މަޖިލީހުގެ ނައިބު ރައީސަކަށް ރާއްޖެ އިންތިހާބުވުމާއި ގުޅިގެން އެކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޑރ އަބްދުالله ޝާހިދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

Wamco

ޝާހިދު އަކީ އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އެއާއި އެކު ޝާހިދު ވެގެންގޮސްފައިވަނީ އދ ގެ ރިޔާސަތަށް އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ ދިވެއްސަށެވެ.

އދ ގެ 80 ވަނަ އާންމު މަޖިލީހުގެ އިންތިހާބުގައި ނައިބު ރައީސަކަށް 17 ގައުމެއް އިންތިހާބުކުރި އިރު ރާއްޖެ ވެސް އިންތިހާބުވި ގައުމުތަކުގެ ތެރޭގައި ހިމެނެއެވެ. މިކަމާއި ގުޅިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އދ ގެ 80 ވަނަ އާންމު މަޖިލީހަށް އިންތިހާބުވުމާއި ގުޅިގެން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

މީގެ އިތުރުން އދ ގެ 80 ވަނަ އާންމު މަޖިލީހުގެ ރައީސްއަކަށް އިންތިހާބުވި ޖަރުމަނުގެ ކުރީގެ ޚާރިޖީ ވަޒީރު އެނާލީނާ ބެއަރބޮކް އަށްވެސް ޝާހިދު ވަނީ މަރުހަބާ ދަންނަވާފައެވެ.

އދ ގެ 80ވަނަ އާންމު މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް މިއަދު އެމެރިކާގެ ނިއުޔޯކުގައި ބޭއްވި އިންތިހާބުގައި އޭޝިއާ ޕެސިފިކް ގްރޫޕަށް މި ސެޝަނަށް ލިބެން ހުރި ފަސް ގޮނޑި ފުރުމަށް ރާއްޖެ، ބަންގްލަދޭޝް، ލުބްނާން، ސައުދީ އަރަބިއްޔާ އަދި ޓިމޯރު ލެސްޓޭ ވަނީ އިންތިހާބުކޮށްފައެވެ. މިގައުމުތަކުގެ އިތުރުން ދެން ނައިބު ރައީސްކަން ކުރާ ގައުމުތަކަށް އިންތިހާބުކުރީ ކޭޕް ވާޑް، ޑީއާރް ކޮންގޯ، ކެންޔާ، ލުބުނާން، ލެސޯތޯ، ސެނެގަލް، ޓިއުނީޝިއާ، އެންޑޯރާ، މޮންޓްނީގްރޯ، އާޖެންޓީނާ، ސެއިންޓް ކިޓްސް އަދި ވެނެޒުއުލާ އެވެ. މީގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ ފަސް ގައުމު ވެސް ނައިބު ރައީސުންގެ ގޮތުގައި ހިމެނޭނެ އެވެ. އެއީ ޗައިނާ، ފްރާންސް، ރަޝިއާ، އިނގިރޭސިވިލާތް، އަދި އެމެރިކާ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ނައިބު ރައީސުންގެ މައިގަނޑު މަސްއޫލިއްޔަތަކީ، އެ ސެޝަންގެ ރައީސެއް ނެތް ހާލަތެއްގައި، ނުވަތަ ރައީސަށް ސެޝަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި ވަގުތީ ރައީސްގެ ހައިސިއްޔަތުން ރައީސްގެ ޒިންމާތައް އަދާކުރުމެވެ.

މީގެ އިތުރުން އދ. ގައި ހިންގާ މުހިންމު އަދި ބޮޑެތި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ މަސައްކަތް ވެސް ނައިބު ރައީސުންނާ ހަވާލުކުރެވެ އެވެ. ސަފީރުންނާއި ތަޖުރިބާކާރުންނާ އެކު ބާއްވާ އދ. ގެ ނުރަސްމީ ޕްލެނަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside