
ސަރުކާރުގެ މާލީ ސިޔާސަތު ފެއިލްވުމުގެ ބުރަ އުފުލަން މިޖެހުނީ އާންމު ރައްޔިތުން - ޝާހިދު
# އަބްދުالله ޝާހިދު-
ގައުމީ ބޭންކް، ބީއެމްއެލްއިން މިއަދު ޑޮލަރު ރޭޓަށް ގެނައި ބަދަލުތަކާއި ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުالله ޝަހީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ބީއެމްއެލްއިން ވަނީ މިރޭގެ 12:00 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓްކާޑުގެ ލިމިޓް 500 ޑޮލަރަށް ބޮޑުކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައި އެވެ. އަދި ލިމިޓް ބޮޑުކުރ ނަމަވެސް ބައެއް ސައިޓްތަކުން (މިވަގުތު ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަނި) ފައިސާ ދައްކާއިރު %30 އާ ހަމައަށް ފީއެއް ނެގޭނެ ކަމަށް ވަނީ ބުނެފައި އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި އޭޓީއެމް މެޝިންތަކުން ލާރި ނެގޭ އަދަދުވެސް ވަނީ 125 ޑޮލަރަށް ކުޑަކޮށް އޭޓީއެމްއިން ފައިސާ ނަގާ ކޮންމެ ފަހަރަކު 10 ޑޮލަރުގެ ފީއެއް ނެގުމަށް ވަނީ ނިންމާފައި އެވެ.
މިކަމާއި ގުޅިގެން ބީއެމްއެލްއަށާއި ސަރުކާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި އެވެ.
ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން ޝާހިދު އެކްސްގަައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑު ކުރުމުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށާއި ނަގަން ފަށާ 30 ޕަސަންޓުގެ ފީގެ ސަބަބުން ރައްޔިތުން، އީ ކޮމާޝަލް ޕްލެޓްފޯމް ތަކުން ތަކެތި ގަންނަން ޖެހޭނީ ޑޮލަރުގެ ކަޅު ބާޒާރަށްވުރެ އަގުބޮޑުކޮށް ކަމަށެވެ. އަދި މިއީ ބޭރުފައިސާ އާއި ގުޅުން ހުރި ކަމެއް ނޫން ކަމަށާއި، މިއީ ސަރުކާރުގެ މާލީ ސިޔާސަތުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ އަގު ބޮޑުވެފައިވާ ދަނޑިވަޅު ބަލައި، ގިނައިން ބޭންކަށް ޑޮލަރު ހޯދުމުގެ ގޮތުން ބީއެމްއެލްއިން ނިންމި ނިންމުމެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވި އެވެ.
ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ފެއިލްވެފައިވާ އިގްތިސޯދީ ބުރަ އާންމު ރައްޔިތުން ތަހައްމަލު ކުރަންޖެހޭ ބީދާއިން ސަރުކާރުން ކަންކަން ކުރަމުންދާ ކަން ފާހަގަކުރައްވައި ޝާހީދު ވިދާޅުވީ އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓު ތަކަށް އޮންނަ އެކްސެސް ދިވެހި ރައްޔިތުންގެ އަތުން ނިގުޅައި ގަނެވެމުންދާ ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ބީއެމްއެލްގެ މި ނިންމުމުގެ ސަބަބުން ޑޮލަރު ހޯދުމަށް ދިމާވެފައިވާ މައްސަލަ ހައްލުނުވާނެ ކަމަށާއި މިހާރު މިއޮތީ ފަގީރުންގެ ފައިސާއިން، މަހުޖަނުން އިތުރަށް މަހުޖަނުކޮށް ދިނުމުގެ ސިޔާސަތުތަކެއް ކަމަށެވެ.
ގުޅުންހުރި

ސަރުކާރުގެ މާލީ ސިޔާސަތު ފެއިލްވުމުގެ ބުރަ އުފުލަން މިޖެހުނީ އާންމު ރައްޔިތުން - ޝާހިދު

އދ ގެ ނައިބު ރައީސަކަށް ރާއްޖެ އިންތިހާބުވުމުން ޝާހިދުގެ މަރުހަބާ ސަރުކާރަށް!

ވަކި ޕާޓީއެއްގެ ބަޔަކަށްވީތީ ނަފްރަތުގެ ލޭބަލްތައް އެޅުވުން ހުއްޓާލަން ޝާހިދު ގޮވާލައްވައިފި
