
އެމްއާރުއެމް ދެމި އޮންނާނީ ސަރުކާރާއި އެކު - އެމްއާރުއެމް
# އިބްރާހިމް މުހައްމަދު ސޯލިހް# މައުމޫން އަބްދުލް ޤައްޔޫމްކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ދެމި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްއާރުއެމް އުފެއްދިތާ އަހަރެއް ފުރުމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމްއާރުއެމް އުފެދިގެން އައީ ގައުމީ މުހިއްމު އިސްލާހީ ހަރަކާތްތަކެއްގެ ތެރެއިން ކަމަށާ ޕާޓީގެ އެންމެ މުހިއްމު އަސާސަކީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އެ ކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުން ކަމަށެވެ.
އަދި އެމްއާރުއެމްއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މުހިއްމު އެއް ބައިވެރިއެއް ކަމަށާއި ގައުމުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސަރުކާރު ކޯލިޝަނާ އެކީ އެ ޕާޓީ ދެމި އޮންނާނެ ކަމަށް އެ ޕާޓީގެ ބަޔާނުގައިވެއެވެ.
އެމްއާރުއެމްއަކީ ރައީސް މައުމޫން އުފެެއްދެވި ތިންވަނަ ސިޔާސީ ޕާޓީއެވެ. ޑީއާރުޕީ އުފެއްދެވުމަށް ފަހު، ޕީޕީއެމް އުފެއްދެވީ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅިގެނެވެ.
ގުޅުންހުރި

ކެމްޕޭނަށް ރައީސް ޅ. އަތޮޅަށް!

ޕްރައިވެޓް ސެކްޓަރުން ގެންނަ ސިނާއަތަށް ސަރުކާރުން ނުވަނުމުގެ ނަތީޖާ ރަނގަޅު - ރައީސް

ބޭރު ގައުމުތަކުގެ ބޭފުޅުންގެ ނަންތައް ކިޔާގޮތް ރަނގަޅަށް ދަސްކުރުން މުހިންމު - މައުމޫން
