logoEN
cocacola
ބޭރު ގައުމުތަކުގެ ބޭފުޅުންގެ ނަންތައް ކިޔާގޮތް ރަނގަޅަށް ދަސްކުރުން މުހިންމު - މައުމޫން

ބޭރު ގައުމުތަކުގެ ބޭފުޅުންގެ ނަންތައް ކިޔާގޮތް ރަނގަޅަށް ދަސްކުރުން މުހިންމު - މައުމޫން

އައިޝަތު އިފާޝާ

logo

9/30/2022, 9:49:43 AM

# މައުމޫން އަބްދުލް ޤައްޔޫމް

Maumoon

ބޭރު ގައުމުތަކުގެ މީހުންގެ ނަންތައް ނުބައިކޮށް ބޭނުން ކުރަމުންދާތީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގޮސިޔާ

މައުމޫން މިހެން ވިދާޅުވެފައިވަނީ، މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލް ޢައްލާމާ ޔޫސުފް އަލް ޣަލަޟާވީގެ ނަންފުޅު ދިވެހި ބައެއް މީޑިއާތަކާއި ބައެއް މީހުން ނުބައިކޮށް ބޭނުންކުރަމުންދާތީއެވެ.

އެކަމާއި ގުޅިގެން މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޭރު ޤައުމުތަކުގެ ބޭފުޅުންގެ ނަންފުޅުތައް ކިޔާގޮތް ރަނގަޅަށް ދަސްކޮށްގެން ރަނގަޅަށް ކިޔޭތޯބެލުން މުހިންމުކަމަށް ދެކޭ ކަމަށާއި، ޤަރަޟާވީގެ ނަންފުޅުވެސް ގޯސްކޮށް ބޭނުންކޮށްފައި ހުންނާތީދެރަވާ ކަމަށެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލް ޢައްލާމާ ޔޫސުފް އަލްޤަރްޟާވީ ރަހިމަހުﷲ ގެ މައްޗަށް މިއަދު ހުކުރު ނަމަދަށްފަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އަލްޤަރަޟާވީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ އުމުރުން 96 އަހަރު ގައި މިމަހުގެ 26 ވަނަދުވަހުއެވެ. އަލްޤަރަޟާވީ އަކީ މި ޒަމާނުގެ ފުންނާބުއުސް ޝަރީޢާ ޢިލްމުވެރިއެކެވެ. އަދި އިސްލާމީ ފިކުރާއި އިސްލާމީ ދަޢުވާގައި އެންމެ ފުންނާބު އުސް ޢިލްމުވެރިންގެ ތެރޭގައި ޤަރަޟާވީ ހިމެނިވަޑައިގެންނަވައެވެ. މީގެއިތުރުން މި ޒަމާނާ ގުޅޭގޮތުން އިސްލާމީ ފިކުރު ތަރައްޤީކުރުމާއި އިޖްތިހާދު ކުރުމުގެ އިސް އެއް މޭސްތިރިއެއްގެ ގޮތުގައިވެސް ޤަރަޟާވީ ހިމެނިވަޑައިގަންނަވައެވެ.

ޤަރަޟާވީ ވަނީ 120 ފޮތެއް ލިޔުއްވާފައެވެ. އެމަނިކުފާނު ލިޔުއްވި ފޮތްތަކުގައި ތެރެއިން އެންމެ މަގުބޫލުކަން ލިބުނީ 1960 ވަނަ އަހަރު ލިޔުއްވި "އަލް ހަލާލް، ވަލް ހަރާމް ފިލް އިސްލާމް" މި ފޮތަށެވެ. މީގެއިތުރުން 1973 ވަނަ އަހަރު ނުކުތް "ފިގްހު އަލް ޒަކާތު" މި ފޮތަކީވެސް އެމަނިކުފާނުގެ ލިޔުއްވުމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ