![އިންޑިޔާގެ އެހީގައި ހުވަދޫގެ 8 ރަށެއްގައި ޕާކު އަޅަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2FEmJ3BkHVMAAHR_T.jpeg&w=3840&q=75)
Park
އިންޑިޔާގެ ހިލޭ އެެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީކުރާ ޕާކުތަކުގެ ތެރޭގައި ހުވަދުއަތޮޅުގެ 8 ރަށެއްގައި ޕާކު އެޅުމަށް ނިންމައިފައިވާކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއްޖެއެވެެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވަކިވަކިން ކުރެއްވި ދެ ޓުވީޓެއްގައި ގދ ގެ 3 ރަށާއި ގއ ގެ 5 ރަށެއްގައި ޕާކު އަޅަން ހަމަޖެހިފައިވާކަން ވަނީ ރަސްމީކޮށް އިއުލާން ކުރައްވާފައެވެ. އެގޮތުން ޕާކު އަޅަން އިއުލާން ކުރެވުނު ރަށްތަކަކީ ގދ މަޑަވެެލި ، ގދ ފިޔޯރީ އަދި ގދ ގައްދޫ އެވެެ. އަދި ގއ އަތޮޅުން ގއ ކޮލަމާފުށި ، ގއ ދާންދޫ ، ގއ މާމެެންދޫ ، ގއ ގެމަނަފުށި އަދި ގއ ދެއްވަދޫ ހިމެނެއެވެ.
ހުވަދޫގެ އިތުރުންވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ޕާކު އެޅުމަށް އިންޑިޔާއިން ވަނީ އެހީ ފޯރުކޮށްދީފައެވެ. އަދި ވޭތުވެދިޔަ ޖުލައި މަހު އިންޑިޔާއިން ވަނީ ރާއްޖޭގެ 61 ރަށަށް އައުޓްޑޯ ޖިމް ވެެސް ހަދިޔާކޮށްފައެވެެ.
މި ސަރުކާރާއި އެކު ރާއްޖެެއާއި އިންޑިޔާގެ ގުޅުން މިވަނީ އިތުރަށް ބަދަހިވެެފައެވެ. އަދި ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ޕްރޮޖެެކްޓްތަކަށް ފަންޑުކުރަމުން އަންނަނީ އިންޑިޔާއިންއެވެ.