
Recipe_Posdter

ގާފު ރެސިޕީގެ މިއަދުގެ ރެސިޕީއެއްގެ ގޮތުގައި މިގެނެސްދެނީ ރާނބާފަތް ކޭކު އެވެ.
ބޭނުންވާ ތަކެތި:
3 ޖޯޑު ރާނބާ ފަތް
2/1 ޖޯޑު ކާށި ކިރު
2 މޭޒުމަތީ ސަމްސާ ފެން
1 ޖޯޑު ފުއް
2/1 2 ސައި ސަމުސާ ބޭކިން ޕައުޑަރ
5 ބިސް
2/1 ޖޯޑު ހަކުރު
2 ބިހުގެ ގޮބޮޅި
2/1 ޖޯޑު ތެޔޮ
ތައްޔާރުކުރާނެ ގޮތް:
160 ޑިގްރީ އަށް އަވަން ހޫނު ކުރަން ޖައްސާށެވެ.
ދެން ރާނބާ ފަތް ކޮޅާއި، ކާށި ކިރާއި ފެން، މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލުމަށް ފަހު ފުރާނާލާށެވެ.
އެއަށް ފަހު ބިހާއި ހަކުރު އަދި ތެޔޮ އެއްކޮށް ރަނގަޅަށް ގިރާލާށެވެ.
ދެން ފުށާއި ބޭކިން ޕައުޑަރ އެއްކޮށްލުމަށް ބިހާއި ހަކުރު ގެ މިކްސް އަށް އަޅަމުންގެންދާށެވެ.
އަދި މީގެ ތެރެއަށް ކުރިން ހެދި ރާނބާ ފަތް ކިރު ކޮޅު ވެސް އެއްކޮށްލައި ރަނގަޅަށް ގިރާލާށެވެ.
ޓްރޭ އެއްތައްޔާރުކޮށްލުމަށްފަހު ކޭކް މިކްސް އޭގެ ތެރެއަށް އަޅާލައި 25 މިނަޓު ފިހެލާށެވެ.