
yameen
ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓްކުރަން ފަށައިފި އެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމަނިކުފާނު ގެއަަށް ބަދަލުކުރަން ނިންމާފައިވަނީ ހަތަރު ހަފްތާގެ މުއްދަތަކަށެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އާއިލާ އިން އެދުނީ ރަމަޟާން މަހުގެ ކުރިންނެވެ. ނަމަވެސް އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ކަރެކްޝަނަލް ސާވިސް އިން މިހާތަނަށް ދައްކާފައެއް ނުވެއެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރަން ސަރުކާރުން ނިންމި ނަމަވެސް އެކަން ތަންފީޒު ކުރާނެ އިރެއް އަދި ނޭނގެއެވެ.
ރައީސް ޔާމީން ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުކުރުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ޑޮކްޓަރުން ލަފާދެއްވިއެވެ. އެލަފައާއި ގުޅިގެން ސަރުކާރުން ވަނީ ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ދިއުމަށް އެދިފައެވެ. ނަމަވެސް އެމަނިކުފާނު ވަނީ ރާއްޖެ ދޫކުރައްވާ އެހެން ގައުމަކަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައި ވެއެވެ.