
އިނގިރޭސި ސަފީރުވެސް ދިވެހިންނާއެކު ރޯދަ ހިފާނެ, ޤުރުއާންވެސް ކިޔަވާނެ!
# ރޯދަ މަސް# އިނގިރޭސި ސަފީރުNUMoy469fyP4zhRU4pOiwsHLiy2Ky8njLW3P3gvB
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ މި ރަމަޟާން މަހު ދިވެހީންނާއެކު ރޯދަ ހިއްޕަވައި ގުރުއާން ކިޔަވާވިދާޅުވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ރޯދައަށް ހުރުމާއި ގުރުއާން ކިޔެވުމާ ބެހޭ ހިޔާލާއި ލަފާ ދިނުމަށްވެސް އޭނާ ޓްވިޓާގައި އާންމުންގެ ކިބައިން އެދިވަޑައިގަތެވެ
Ramadan Mubarak to those observing, esp in Maldives! I will be joining Muslims in this special month by fasting and reading the Q’ran. Last year it was too difficult in lockdown but, inshallah, this year it will be better. Advice and tips are welcome! pic.twitter.com/jTagYqS9JB
— Caron Rohsler (@caron_rohsler) April 12, 2021
ސަފީރުގެ ޓްވީޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ބައެއް މީހުން ގެންދަނީ ހާރުކާން ރަނގަޅު ކާ އެއްޗެހީގެ ލަފާ ދެމުންނެވެ. އަދި ގުރުއާން ކިޔަވާއިރު މާނައާއެކީ ކިޔެވުމަށްވެސް މީހަކު ލަފާ ދިނެވެ.
ކެރޮން ރޮސްލާއަކީ ދިވެހީންގެ އާދަކާދައަށް ޝައުގުވެރިކަން ފާޅު ކުރައްވާ ބޭފުޅެކެވެ. އެގޮތުން، ދިވެހި ކެއުން ތަޖުރިބާ ކުރައްވައި އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައިވެ އެވެ. އަދި އަވަށްޓެރިންނާއެކު ތަށިބަރި ބަދަލުކުރުމުގައިވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ގުޅުންހުރި

ރޯދަމަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް ތިނަދޫ ކައުންސިލުން އިލްތިމާސްކޮށްފި

ރޯދަމަހު ވެމްކޯއިން ކުނި ނަގާނެ ގަޑިތައް އާއްމުކޮށްފި

1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން އޭޕްރިލް 1 ގައި!
