
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލައިފި
# ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާ# ޤައުމީ ޒުވާނުންގެ ދުވަސްފޮޓޯ: މިނިސްޓްރީ
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ "ޒުވާނުންގެ ދުވަސް 2026" މިރޭ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ އެހީތެރިކަމާއެކު އެޑްވެންޗަރ އަޕް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ފަށާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ކޮމިއުނިޓީ ހޭންގްއައުޓެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މި ފެސްޓިވަލްގައި ދިވެހި ޒުވާނުންގެ ހުނަރާއި، ފަންނުވެރިކަމާއި، އުފެއްދުންތެރިކަން ފެންނަ ސްޓޯލްތަކާއި ދިވެހި ވިޔަފާރިތަކާއި ލައިވް ޝޯތައްވެސް ކުރިއަށްދިޔައެވެ.
މީގެ އިތުރުން އެކި އުމުރުފުރާގެ ކުދިންނަށް ކުޅެވޭނެ ގޭމްތަކާއި، ޒުވާނުން ޝައުގުވެރިވާނެ ގިނަ ކަންކަން މި ފެސްޓިވަލްގައި ކުރިއަށްގެންދިޔައެވެ.ކޮންމެ ދުވަހަކު ހަވީރާއި ރޭގަނޑުގެ ސެޝަންތަކުގައި 50 އަށް ވުރެ ގިނަ ޒުވާނުން ހިންގާ ސްޓޯލްތަކާއި ފުޑް ޕޮޕް-އަޕްތައް މި ފެސްޓިވަލުގައި ބަހައްޓާފައިވެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ގައުމީ ޒުވާނުންގެ ޕްރޮގްރާމްތަކާއި، ހިލޭ އެހީ އަދި ފިޓްނަސް ހަރަކާތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ހާއްސަ ސްޓޯލްއެއް ބެހެއްޓިފައި ހުއްޓެވެ. މި ސްޓޯލްތަކުން ނަފްސާނީ ދުޅަހެޔޮކަމާއި، ޒުވާނުންނަށް ހުރި ފުރުސަތުތަކުގެ ގިނަ މައުލޫމާތުތަކެއްވަނީ ހިއްސާކޮށްފައެވެ.
މި އިވެންޓަށް އެޗްޑީސީ، ބޭންކް އޮފް މޯލްޑިވްސް، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)، އުރީދޫ، ދިރާގު ގޭމަރސް ގިލްޑް، ސްޓެލްކޯ، ވެމްކޯ، ހުޅުމާލެ ހޮސްޕިޓަލް، އިކޯ އިވެންޓްސް އަދި ބީބީސީގެ ފަރާތުން ވަނީ ބޮޑު އެއްބާރުލުމެއް ލިބިފައެވެ.
ގުޅުންހުރި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލައިފި

ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މާމެންދޫ ފުޓްސަލްދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި




